
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް ޙަމަލާ ދިނުމާމެދު އެމެރިކާއާއި ޔަހޫދީ ދައުލަތުން އެއްބެސްވި ނަމަވެސް، ޙަމަލާތަކުން ދެ ފަރާތުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދުތައް ތަފާތު ކަމަށް މަސްރަހު ދިރާސާކުރާ މާހިރުން ދަނީ ފާހަގަކުރަމުންނެވެ. މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯއެއް ކަމަށްވާ ޖޭސަން ކޭމްޕްބެލް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރު ފުށުން ބުނަމުން ދަނީ އެ ޤައުމުން ބޭނުން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ނިމުމަކަށް ގެންނަން ކަމަށެވެ. އަދި އެ ޤައުމުގެ ބެލިސްޓިކް މިސައިލް ޙަރަކާތާއި، ނިރުބަވެރި ކަމަށް ތާއީދު ކުރުން ހުއްޓުވަން ކަމަށެވެ. ނަމަވެސް މީގެ ކުރިން އީރަނުގެ ރައްޔިތުންނަށް ފޮނުވާފައިވާ މެސެޖުތަކުގައި އީރާނުގެ ސަރުކާރު ވައްޓައިލަން އެމެރިކާއިން ބޭނުންވާ ކަން ދޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ބަދަލުކުރަން ބޭނުންވާ ކަމަށް ޔަހޫދީ ދައުލަތުން ދަނީ ވަރަށް ފާޅުގައި ބުނަމުން ކަމަށް ވެސް ކޭމްޕްބެލް ފާހަގަކުރެއްވިއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުަވަހުން ފެށިގެން ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނާ ދެކޮޅަށް ޙަމަލާތައް ދެމުންދާއިރު، ހަނގުރާމަ ކުރިއަށްދާ ވަރަކަށް އެމެރިކާއާއި ޔަހޫދީންނާ ދެމެދު އިތުރު ޚިޔާލު ތަފާތުވުންތައް އުފެދުން އެކަށީގެންވާ ކަމަށް ކޭމްޕްބެލް ވިދާޅުވެއެވެ. ވައިގެ ޙަމަލާތައް ދީގެން އެކަނި ދެ ބައި މީހުންގެ މަޤްޞަދުތައް ހާޞިލް ކުރެވިދާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށާއި، އެ ޙާލަތުގައި ދެ ޤައުމުން ޢަމަލުކުރަން ބޭނުންވާ ގޮތް ތަފާތުވުމުގެ ފުުރުޞަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ ހަ ސިފައިން ވެސް މަރުވެފައިވާއިރު، ހަނގުރާމަ ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް ބުނަން މި ވަގުތު ދައްޗެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އަދި ވެސް ޙަމަލާ ބަދަލުކުރުން ދުވަސްކޮޅަކަށް ދެމިގެން ދިޔުން އެކަށީގެންވާ ކަމަށާއި، އެމެރިކާގެ އިތުރު ރައްްޔިތުން މަރުވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
