
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، 2026 ވަނަ އަހަރުން ފެށިގެން ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ވަކި ޑެޑްލައިނެއް ނެތި މުޅި އަހަރަށް ހުޅުވާލާނެ ކަމަށެވެ. މި ބަދަލު ގެންނަނީ ކުރިން ކަނޑައެޅިފައި އޮންނަ ވަކި ތާރީޚެއްގެ ތެރޭގައި ލޯނަށް ހުށަހެޅުން ބައެއް ދަރިވަރުންނަށް ދަތިވެ، ފުރުޞަތު ގެއްލޭ ހާލަތްތައް ދިމާވެފައިވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބަދަލާ ގުޅިގެން ލޯނަށް ހުށަހަޅާއިރު ބޭނުންވާ ލިޔުންތަކަށްވެސް ބަދަލު އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ކިޔަވައިދޭ މަރުކަޒުން ދޫކޮށްފައިވާ ޕްލޭސްމަންޓް ނުވަތަ އޮފަރ ލެޓަރ، ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ، އެމް.ކިޔު.އޭ.ގެ ރެކޮގްނިޝަން ލެޓަރ، އަދި ރެގިޔުލޭޓަރީ ހުއްދައެއް ބޭނުންވާ ދާއިރާއަކުން ކިޔަވާ ނަމަ ހުއްދަ ދޭ ޕްރޮގްރާމެއްކަން ސާބިތުކޮށްދޭ ލިޔުން ހިމެނެއެވެ.
ވަޒީރު ވިދާޅުވީ ލޯނު ހުޅުވާލެވޭނީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށްފަހު ކަމަށާއި، ދަރިވަރުން ދުރާލާ ލިޔުންތައް ތައްޔާރުކޮށްގެން ތިބުމަށް ގޮވާލެއްވިއެވެ. ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅާ ދަރިވަރުންނަށް ލޯނު ހަމަޖެހިގެން ދިޔުން ކުރީ އަހަރުތަކަށްވުރެ ވަރަށް ބޮޑަށް އަވަސްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދަރިވަރުންނަށް ދޫކުރެވޭ ލޯނަކީ ޝަރީޢާ ކޮމްޕްލަޔަންޓް ލޯނަކަށް ހެދުމުގެ ގޮތުން، ލޯނު އަނބުރާ ދެއްކުމުގައި ސަރވިސް ޗާޖެއް ނުނެގުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ކުރިން ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
