
އެމެރިކާގެ ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންފިއެވެ. އެ މެގަަޒިންއިން އެކުލަވާލި ޞިއްޙީ ދާއިރާއިން މިއަހަރުގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވާ އިސްކަމާއި ސަމާލުކަމާ ގުޅިގެންނެެވެ. ޓައިމް މެގަޒިންއިން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން “ޖެނަރޭޝަން ބޭން”އެއް ތައާރަފްކޮށް، އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ޤައުމަކީ ރާއްޖެކަން ފާހަގަކޮށްފައެވެ. އަދި އެ ނިންމުމާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2023 ވަނަ އަހަރު އިންތިޚާބުވެ ވަޑައިގަތުމަށްފަހު ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރި ނިންމުންވެސް ހިމެނެއެވެ. އޭގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓުވުމެވެ. މެގަޒިންގައި ވަނީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ އިތުރުން ކޮންމެ ރަށެއްގައި ހިލޭ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ކްލިނިކްތަކެއް ގާއިމްކޮށް، 24 ގަޑިއިރު ހިލޭ ނަފްސާނީ އެހީ ލިބޭ ހެލްޕް ލައިނެއްވެސް ގާއިމްކޮށްފައިވާކން ފާހަގަކުރައްވާފައެވެ. އަދި މާބަނޑު އަންހެނުންގެ ކިބައިން ދަރިންނަށް ފެތުރޭ އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެއްފަހަރާ ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިޢުލާންކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ދުންފަތާއި ދެކޮޅަށް ރާއްޖެއިން އެޅި ވަރުގަދަަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ތައުރީފް ރާއްޖެއަށް ލިބުނެވެ. އޭގެ ތެރޭގައި ގައުމުގެ ވެެރިންނާއި ސިއްހީ ދާއިރާ އާއި ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ. އަދި ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ލިބިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
