
(ފޮޓޯ ކްރެޑިޓްސް: ޕީީއެސްއެމް ނިއުސް)
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސްކީމަށް އަލަށް އިތުރުކުރި ދެ ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގައި އިއުލާނުކޮށް، މާރިޗު މަހު ފޯމު ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. އަލަށް އިތުރުކުރި މި ކެޓަގަރީތަކަކީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ކެޓަގަރީއަކާއި، ކުރިން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް އެ ބިން ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލެވޭ ކެޓަގަރީއެކެވެ. މިއިން ކޮންމެ ދާއިރާއަކުން 1000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ އާއިލީ އިޖުތިމާޢީ މައްސަލަތައް ކުޑަކޮށް، ބިންވެރިކަން ނެތް އާއިލާތަކަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމެވެ. “ބޯހިޔާވަހިކަން އެންމެނަށް” ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 4 އެވެ. އަދި ފްލެޓަށް ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 17 އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
