
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަަމަށް ގޮވާލެއްވީ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ސައިންސްގެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ސައިންސްގެ ދާއިރާއަކީ ވަކި ބަޔަކަށް ޚާއްޞަ ދާއިރާއެއް ކަމަށް ދެކޭ ދެކުންތަކުގެ ސަބަބުން، ގޭތެރެއާއި ކްލާސްރޫމްތަކުގައި އަދި މަސައްކަތުގެ މާޙައުލުގައި އަންހެން ކުދިންނަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި، އެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކަންކަން ފާހަގަކުރަމުންދާއިރު، މި ދުވަހަކީ ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުވަފެން ދެކޭ އަންހެން ކުދިންނާއި، އެކުދިންނަށް ހިތްވަރު ދޭ ބެލެނިވެރިންނާއި މުދައްރިސުންގެ މަސައްކަތް ފާހަގަކުރުމަށް ޚާއްޞަ ދުވަހެއްކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އެކަމަނާގައި ޕޯސްޓުގައި އަންހެން ކުދިންގެ ހުނަރާއި ޤާބިލުކަން ފުރިހަމައަށް ބޭނުން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، އެކުދިންނަށް ލިބޭ ހިތްވަރާއި ފުރުޞަތުތައް މަދުވުން ކަމަށް ވިދާޅުވިއެވެ. އަދި މި ހުރަސްތައް ގިނަ ފަހަރަށް ކުރިމަތިވަނީ، ކުދިންގެ އުމުރުގެ ކުރީކޮޅުގައި ކަމާއި މިއީ، ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ސީރިއަސް ގޮންޖެހުމެއް ކަމަށާއި، މިއީ އެންމެން ގުޅިގެން ޙައްލުކުރަންޖެހޭ މައްސަލައެއްކަންވެސް ފާހަގަކުރެއްވިއެވެ.
“ދިރާސާތަކުން ދައްކާގޮތުގައި ސައިންސާއި، ހިސާބު ފަދަ މާއްދާތަކުން އަންހެން ކުދިންނަކީ ފިރިހެން ކުދިންނާ އެއްވަރަށް ނުވަތަ އެއަށްވުރެ މޮޅަށްވެސް ނަތީޖާ ހޯދާ ކުދިން،” އެކަމަނާ ވިދާޅުވިއެވެ. މެޑަމް ސާޖިދާ ވަނީ ވަކި އަމާޒެއްގެ ދަށުން މަސައްކަތްކޮށް، އަންހެން ކުދިންނަށް އޮތް ފުރުޞަތުތައް އިތުރުކުރުމަށް ޢިލްތިމާސް ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
