
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގައި ބައިވެރިނުވާން ޕޮލެންޑާއި އިޓަލީވިލާތުން ވެސް ނިންމައިފިއެވެ. އެ ބޯޑު ފުރިހަމަ އެކުލަވައިލެވުމުން، ޣައްޒާގެ އިތުރުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ ތަސައްވުރު ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ. އެކަމުގެ ސަބަބުން، ވިލާތުގެ ގިނަ ޤައުމުތަކުން އެ ބޯޑުގައި ބައިވެރިވާން ވަނީ ފަސްޖެހިފައެވެ. ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވި ގޮތުގައި، އެ ބޯޑުގެ އެކުލެވިގެންވާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ރިއާއަތްކޮށް، މި ވަގުތަށް އެ ބޯޑުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ ޙާލަތު ބަދަލުވެއްޖެނަމަ، އެ ބޯޑުގައި ބައިވެރިވުމާމެދު އަލުން ގޮތެއް ނިންމާނެކަމަށް ޓަސްކް ވިދާޅުވިއެވެ.
އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ، އެ ބޯޑުގައި އިޓަލީވިލާތުން ބައިވެރިވުމަށް ދުސްތޫރީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށެވެ. އިޓަލީވިލާތުގެ ޤާނޫނުއަސާސީގެ ދަށުން، ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކާ ގުޅުމަށް، އެ ޖަމްޢިއްޔާއެއްގެ މެމްބަރު ޤައުމުތަކަށް ހަމަހަމަ ބާރު ލިއްބައިދީފައި އޮންނަންޖެހެއެވެ. ނަމަވެސް، ސުލްޙައިގެ ބޯޑު ޓްރަމްޕް އެކުލަވާލައްވަނީ، އަމިއްލަފުޅަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތުގައި އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.ޞުލްޙައިގެ ބޯޑާ ގުޅުމަށް 60 ޤައުމަކަށް އެމެރިކާއިން ވަނީ ދަޢުވަތު ދީފައެވެ.
އެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދއިން މިހާރު އަދާ ދަޢުރަށް ހިޔަނިއެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ދަނީ ފަސްޖެހެމުންނެވެ. އެ ބޯޑުގައި ބައިވެރިވާ ޤައުމުތަކުން، ޣައްޒާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ އިތުރުން، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގޮތުގައި އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ޤައުމުން އެ ބޯޑުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައެއް ނުވެއެވެ.
އެ ބޯޑުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރިކަމަށް ރަޝިޔާއިން ބުނެފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ޗައިނާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވަނީ އެ ބޯޑުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
