
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ހާޞިލް ކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ގްރީންލޭންޑް ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ ނަމަ އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.
އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެމެރިކާއިން ސީދާ ގްރީންލޭންޑުގެ ރައްޔިތުންނަށް ފައިސާ ދިނުމާ މެދު ވައިޓް ހައުސުން ދަނީ ވިސްނަމުންނެވެ. ގްރީންލޭންޑުގެ އާބާދީއަކީ 56,000އެއްހާ މީހުން ކަމަށްވާއިރު އެމެރިކާގެ ވިސްނުން ހުރީ ކޮންމެ ރައްޔިތަކަށް 10،000އާއި 100،000 ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ދިނުމަށެވެ. ބޮލަކަށް 100،000 ޑޮލަރުގެ ރޭޓުން ބަލާ ނަމަ ގްރީންލޭންޑު ’ގަތުމަށް’ އެމެރިކާއަށް ޚަރަދުކުރަން ޖެހޭނީ 5.6 ބިލިޔަން އެމެރިކާ ޑޮލަރެވެ. ބެލެވޭ ގޮތުގައި، އެމެރިކާއިން ގްރީންލޭންޑުގެ ރައްޔިތުންނަށް އެ ގޮތަށް ފައިސާ ދިނުމުގެ ބޭނުމަކީ، ފެންނަ ނުފެންނަ ވޯޓަކުން ގްރީންލޭންޑަށް ޑެންމާކުގެ އިޙްތިޞާސުން ވަކިވުމުގެ ފުރުޞަތު އޮތްއިރު، އެ ފަދަ ވޯޓަކަށް ނުފޫޒު ފޯރުވުމެވެ. ނަމަވެސް ގްރީންލޭންޑުގެ ރައްޔިތުންގެ 85 އިންސައްތަ މީހުން، އެ ރަށަކީ އެމެރިކާގެ ބައެއްގެ ގޮތުގައި އޮތުމަށް ނޭދޭ ކަމަށް ޚިޔާލު ހޯދާ ވޯޓުތަކުގެ ނަތީޖާއިން ދައްކައެވެ.
ހަމަނުޖެހުމާއި ދެބަސްވުމަކަށް ނުގޮސް އެންމެ ފަސޭހައިން އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑު ގެންދެވޭނީ ޑެންމާކުގެ އަތުން ގްރީންލޭންޑު ގަނެގެން ކަމަށް ޓަރަމްޕްގެ މުޝީރުން ވިދާޅުވެއެވެ. ނަމަވެސް ގްރީންލޭންޑުން ވެސް ޑެންމާކުން ވެސް އެ ކަމަށް ދެކޮޅު ހަަދައެވެ. ގްރީންލޭންޑަކީ ވިއްކާ ސަރަޙައްދެއް ނޫން ކަމަށް ގްރީންލޭންޑުން ވެސް ޑެންމާކުން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ހަމައެއާއެކު، ޑެންމާކާއި އެމެރިކާއާ ދެ ޤައުމަކީ ވެސް ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ މެންބަރު ދެ ޤައުމަށް ކަމަށްވީއިރު، އެމެރިކާއިން ޑެންމާކާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުން ވެގެން ދާނީ ނޭޓޯގެ ޝިޔާރުތަކާ ޚިލާފު ޢަމަލަކަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
