
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތިން މަސް ދުަވަހަށް ދެމިގެން ދިޔަ މިޞްރުގެ ޤާނުނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އިޢުލާނުކޮށްފިއެވެ. މިޞްރުގެ ޤާނޫނުހަދާ މަޖިލީހުގެ 568 އިންތިޚާބީ ގޮނޑީގެ ތެރެއިން ފަހު 49 ގޮނޑީގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވީ ބައެއް ދާއިރާތަކުގެ ވޯޓު އަލުން ނަގަން ޖެހުމާ ގުޅިގެންނެވެ. އެ އިންތިހާބަކީ މިޞްރުގެ ތާރީހުގައި ބާއްވާފައިވާ އެންމެ ދިގު އެއް އިންތިހާބެވެ. އެންމެ ފަހު ގޮނޑިތަކުގެ ނަތީޖާތައް މިހާރު ލިބިފައިވާއިރު، މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީގެ ސަރުކާރުން ވަނީ މަޖިލީހުގައި އޮތް ސާފު އަޣުލަބިއްޔަތު ދަމަހައްޓަވާފައެވެ. އެއާއެކު މިސްރުގެ ޤާނުނުއަސާސީއަށް ބަދަލުގެންނެވުމުގެ ފުރުޞަތު އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ.
މިޞްރުގެ ޤާނޫނުހަދާ މަޖިލީސް އެކުލެވިގެން ވަނީ ޖުމްލަ 596 ގޮނޑީގެ މައްޗަށެވެ. އެއީ އިންތިޚާބީ ގޮނޑިތަކުގެ އިތުރުން ރައީސް އައްުޔަނުކުރާ 5 އިންސައްތަ ގޮނޑި ހިމެނޭ ގޮތަށެވެ. ޤާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ތިންބައި ކުޅަ ދެ ބައިގެ ރުހުން ހޯދަން ޖެހެއެވެ. މި އަހަރުގެ އިންތިޚަބުގައި ވޯޓުލީ މީހުންގެ ޢަދަދު މަދެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޯޓުގައި ބައިވެރިވެފައި ވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 32.4 އިންސައްތައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
