
ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ބާސެލޯނާގެ ކުޅުންތެރިން ރެއާލް މެޑްރިޑަށް ފާޑުކިއުން އޮއްސާލައިފި އެވެ. ސައޫދީ އަރަބިއާގައި ކުޅުނު ފައިނަލް މެޗުން ބާސެލޯނާ މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު 3-2އިންނެވެ. މި މެޗަށް ފަހު ކުޅުންތެރިން ރެއާލް އަށް ފާޑުކިޔާފައިވަނީ އެ ޓީމުން މާބޮޑަށް ދިފާއީ ގޭމެއް ކުޅުނު ކަމަށް ބުނެ އެވެ. ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ބުނީ ރެއާލް މެޑްރިޑް އެހާ ފަހަތަށް ޖެހިގެން ކުޅުމުން ހައިރާންވި ކަމަށެވެ. “އަހަރުމެން މިތިބީ ވަރަށް އުފަލުން. އަހަރުމެންނަށް އިތުރު ތައްޓެއް މި ލިބުނީ، ހާއްސަކޮށް ރެއާލް މެޑްރިޑް ބަލިކުރެވުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ ބޮޑު މެޗެއް. މި މެޗުގައި އަހަރުމެން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނިން. ފަހު ހާފުގައި ވެސް، އެންމެ ފަހުން މޮޅުވީ އަހަރުމެން. އެއީ އެންމެ މުހިންމު ކަންތައް. އަހަރެން މިހުރީ ހައިރާންވެފައި ރެއާލް މެޑްރިޑް ފަހަތުގައި ދިފާއު ކުރަން ތިބުމުން،” ޕޮލެންޑްގެ ފޯވަޑް ލެވޮންޑޯސްކީ ބުންޏެވެ.
އޭނާ ވަނީ މެޗުގައި ދެ ގޯލު ޖެހި ބްރެޒިލްގެ ރަފީނިއާ އަށް ވެސް ތައުރީފްކޮށްފަ އެވެ. ބުނީ ރަފީނިއާ އާއި އޭނާއާ ދެ މީހުން އެކުވުމުން މާބޮޑަށް ނުރައްކާވާ ކަމަށެވެ. “ރަފީނިއާ ދަނޭ ގޯލު ޖަހަން. އޭނާ އަބަދުވެސް ހުންނަނީ ރަނގަޅު ތަނުގައި. ޓީމެއްގެ ގޮތުގައި އަހަރުމެން ދެ މީހުން ތިބުމުން ވަރުގަދވެ. އަހަރުމެން މޮޅުވީ ޓީމެއްގެ ގޮތުގައި،” ލެވޮންޑޯސްކީ ބުންޏެވެ. މެޗަށް ފަހު ރަފީނިއާ ބުނީ ބާސެލޯނާ އަށް ތަށި ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. “އަހަރުމެންނަށް އެނގޭ މި މެޗުން އަހަރުމެން މޮޅުވާން ޖެހޭނެކަން. އަހަރެންނަށް ހީވަނީ އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނުހެން. އެމީހުން ކުޅުނީ ފަހަތުގައި ވަރަށް ބޮޑަށް. އެހެންވީމާ އަހަރެންނަށް ހީވަނީ މެޗުގެ ފުރިހަމަ ނަތީޖާ (ފަހަރު ކުޑަވުމަކީ) އިންސާފެއް ނޫން ހެން،” ރަފީނިއީ ބުންޏެވެ.
އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ބުނީ ބާސެލޯނާ އަށް އޭނާ އަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. “އަހަރެން އުއްމީދު ކުރަނީ މި ކާމިޔާބީއާއެކު މި ސީޒަނުގައި އިތުރު ތަށިތަކެއް ލިބިގެންދާނެ ކަމަށް. މި މެޗުގައި އަހަރުމެން ވަރަށް މޮޅަށް ކުޅުނިން. މި މެޗުން އެނގިގެން ދިޔައީ އަހަރުމެންނަށް މި ފެންވަރުގެ މެޗުތަކުން މޮޅުވެވޭނެކަން. އެކަމަކު ބައެއް ކަންކަން ރަނގަޅު ކުރަންޖެހޭ،” ރަޝްފޯޑް ބުންޏެވެ. މިދިޔަ ސީޒަނުގައި ވެސް ރެއާލް ބަލިކޮށް މި ތަށި ކާމިޔާބު ކުރީ ބާސެލޯނާ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
