
ސްޕެނިޝް ސުފަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އާއި ރަނަރަބް ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ވެސް ހިތްހަމަ ޖެހުން ފާޅުކޮށްފި އެވެ. އޭނާގެ ކޯޗުކަމުގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ތަށި ހޯދުމަށްފަހު ފްލިކް ބުނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ ފައިނަލަކުން މޮޅުވުމަކީ އުފާވެރިކަން އިތުރުކޮށްދޭ ކަމެއް ކަމަށެވެ. “ވަރަށް ހިތްހަމަ ޖެހޭ. މިފަދަ ކްލެސިކޯ ފައިނަލަކުން މޮޅުވުމަކީ އުފާވެރިކަން އިތުރުކޮށްދޭ ކަމެއް. އަހަރެންނަށް ފެނުނީ ކުޅުންތެރިން ނަށައި ހަދަމުންދިޔަތަން. އަހަރެންނަށް ހީވަނީ މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅުނީ އަހަރުމެންހެން. އަހަރުމެންގެ ސްޓައިލްގައި މުޅި މެޗު ކުޅުނީ. ޓީމެއްގެ ގޮތުގައި އަހަރުމެން ވަރަށް މަސައްކަތް ކުރިން،” ފްލިކް ބުންޏެވެ.
އޭނާ ބުނީ މެޗުގެ ފުރަތަމަ ގޯލާއި ޓީމު މޮޅުކޮށްދިން ލަނޑު ޖަހައިދިން ރަފީނިއާ ނަފްސާނީ ގޮތުން މެޗަށް ތައްޔާރުވެފައިވާ މިންވަރު ފެނިފައި އޭނާގެ ގާބިލްކަން ފެނިގެންދިޔަ ކަމަށެވެ. ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ބަލިވިޔަސް އޭނާގެ ޓީމުން ކުރި ރަނގަޅު ކަންކަމަކީ ހިތްވަރެއް ކަމަށެވެ. “އަހަރުމެން އުއްމީދު ނުކުރާ ފަދަ އިންޖަރީތައް ދިމާވެއްޖެ މި ސީޒަނުގައި. ދެން މި މެޗުގައި ޔަގީނުން ވެސް ނަތީޖާ މި އޮތީ އަހަރުމެންނާ ދެކޮޅަށް. އެކަމަކު ވަރަށް ގިނަ ކަންކަން ރަނގަޅަށް ކުރެވުނު. އެއީ ވަރަށް ބޮޑު ހިތްވަރެއް ކުރިއަށް ހުރި މެޗުތަކެއް. އަހަރުމެންނަށް އެކަންކަމާމެދު ވާހަކަ ދެއްކޭނެ،” އަލޮންސޯ ބުންޏެވެ.
މެޗުގައި ހަތަރު މިނިޓް ތެރޭގައި ތިން ގޯލު ފެނިގެންދިޔަ ފުރަތަމަ ހާފުގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިއަކީ ވިނީޝިއުސް ޖޫނިއާ އެވެ. އަލޮންސޯ ބުނީ މެޗުގެ ފަހު ފަސް މިނިޓްގައި ކުޅުންތެރިޔާ ބޭލީ ވިނީޝިއުސް އެދިގެން ކަމަށެވެ. އަދި ރޭވީ ބާސެލޯނާ ގޯލު ޖެހުމުގެ ކުރިން ކީލިއަން އެމްބާޕޭ ކުޅެން ނެރެން ކަމަށާއި ނަމަވެސް އެކަންވީ މިނިޓެއް ފަހުން ކަމަށެވެ. “އޭނާގެ ބޭނުން ހިފަން އަހަރުމެން މަސައްކަތް ކުރި ގޮތަށް އޭނާ ފަހުން ކުޅުނު. އެކަމަކު އޭނާ ކުޅެން ނެރެވުނީ އެ މީހުން ތިން ވަނަ ގޯލު ޖެހި ފަހުން. މި މެޗުން ބަލިވިޔަސް ރަނގަޅު ކަންކަން ކުރެވިފައި އެބަހުރި. ފުލް ޓީމު ހަމަވުމުން ރެއާލް ތަފާތުވާނެ،” އަލޮންސޯ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
