
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑަތަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޓީސީ ސްޕޯޓްސް ބަލިކޮށްފިއެވެ. ނިއު މެޗު ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ. މި ނަތީޖާ އެކު ނިއު ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއީ 27 ޕޮއިންޓާއެކުއެވެ. މެޗަށް ނުކުތް އިރު ތިންވަނައިގައި އޮތް ބުރު މިހާރު އޮތީ ތާވަލުގެ ހަތަރު ވަނައިގައި 26 ޕޮއިންޓާއެކެއެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާބޮޑު ފޯރިއެއް ނެތް އިރު މާ ރަނގަޅު ހަމަލާތަކެއް ދެޓީމަށް އުފެއްދިފަ އެއްނުވެއެވެ. މެޗުގެ 33 ވަނަ މިނިޓުގައި އަލީ ފާސިރު އޭރިއާ ތެރެއިން އެޓީމުގެ ލައިބީރިއާ މިޑްފީލްޑަރ އަބުދުﷲ ބިލިޓީއަށް ޖައްސާލި ބޯޅަ ދިއައީ ދަނޑިމަތިން ބޭރަށެވެ.
ފުރަތަމާ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީގެ ގާނާ ދެކުޅުންތެރިންވެގެން އުފެއްދި ހަމަލާ ކީޕަރު ވަނީ އަތުލާފައެވެ. މެޗުގެ ދެވަނަ ހާފުގައި ޓީސީގެ އޭރިއާ ތެރެއިން ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގެރޯ ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ 85 ވަނަ މިނިޓުގައި ޕެނެލްޓީ އޭރިއާ ތެރެއިން ހާޖީ ފޮނުވާލި ބާރު ހަމަލާ ދިއައީ ގޯލުގެ ދަނޑިކައިރިންނެވެ. ނިއުއަށް ގޯލު ހުޅުވާލަ ދިނީ މެޗުގެ އިތުރު ވަގުތުގައި އަލީ އަޝްފާގު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ހުސްކޮށް ހުރެ ގޯލު އޭރިއާ ތެރެއިން ހާޖީ ގޯލަށް ވައްދައިލައިގެންނެވެ.
ހާޖީ ދެވަނަ ލަނޑު ކާމިޔާބުކުރީ ބްރެޒިލްގެ ޑި ސިލްވަރ އޭރިއާތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދައިލައިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
