
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު އެންމެ ނުފޫޒުގަދަ އަދި ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީއެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު 70،000 އަށްވުރެ މައްޗަށް ގޮސްފައިވުމަކީ ޕާޓީގެ މަޤްބޫލުކަން ހާމަކޮށްދޭ އަލިގަދަ ހެތްކެކެވެ. ޕީއެންސީއަށް މިއަދު ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީގައި، ސަރުކާރު ކޯލިޝަނަށް ނުހަނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅަކީ މ. އައިރިސް، އަޙްމަދު ފައިސަލްއެވެ. ފައިސަލްއަކީ ޕާޓީގެ ކުރިއެރުމަށްޓަކައި ދިގު މުއްދަތަކަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތައް
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ ކާމިޔާބީ ކަށަވަރުކުރުމަށްޓަކައި ފައިސަލް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ކެމްޕެއިން ޓީމުތައް އެކުލަވާލުމާއި، ޖަގަހަ ހިންގުމާއި، ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތްތައް ރާވައި އިސްކޮށް އުޅުއްވުމުގެ އިތުރުން، މުޅި ކެމްޕެއިނުގައި ޢަމަލީގޮތުން އޭނާ ވަނީ ނަމޫނާ ދައްކަވާފައެވެ. މީގެ އިތުރުން، ފާއިތުވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ ސަރުކާރު ކެންޑިޑޭޓުގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައި، އެ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުމުގައި ފައިސަލް ވަނީ ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ހޯއްދަވައިދެއްވާފައެވެ. އަދި މި ސަރުކާރު އުފެދުމުގެ މަރުޙަލާގައި އެކުލަވާލި ޓްރާންސިޝަނަލް ކޮމިޓީގައި ހިމެނިވަޑައިގެން، ދައުލަތުގެ މުހިންމު ކުންފުނިތަކެއްގެ އޯޑިޓް މަސައްކަތްތަކުގައިވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ތަޢުލީމީ ޤާބިލުކަމާއި ތަޖުރިބާ
ފައިސަލްއަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެންމެ އެކަށީގެންވާ އެއް ކެންޑިޑޭޓެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ޗައިނާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ފަދަ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން މަތީ ތަމްރީނުތައް ހާސިލުކުރައްވާފައެވެ. ފައިސަލް ވަނީ އޮސްޓްރޭލިއާއިން މެނޭޖްމަންޓް އަދި މާކެޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން އިތުރު ތަޢުލީމު އޭނާ ވަނީ ހޯއްދަވާފައެވެ.
އިލްމީ ގޮތުން ހޯއްދެވި މި ކާމިޔާބީތަކާއެކު، އަމިއްލަ ސެކްޓަރާއި ސަރުކާރުގެ މަތީ މަޤާމުތަކެއް ފައިސަލް ވަނީ ފުރުއްވާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް އެފެއާޒްގެ މަޤާމާއި، ޑިރެކްޓަރ އޮފް އެކަޑެމިކް އެފެއާޒްގެ މަޤާމުގެ އިތުރުން އެކަޑެމިކް ބޯޑުގެ ޗެއާމަންކަން ކުރައްވާފައިވެއެވެ. އަދި އަމިއްލަ ކޮލެޖުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައިވެސް އަގުހުރި ޚިދުމަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.
ކައުންސިލް އިންތިޚާބަށް ފައިސަލްގެ މުހިންމުކަން
މާލޭގެ އަވަށްތަކުގެ ތެރެއިން މާފަންނަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސަރަޙައްދެކެވެ. ވާރޭވެހުމުގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައާއި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ މާފަންނުގެ ރައްޔިތުންނަށް އޮތް ބޮޑު ތުރާލެކެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއެކު ގާތުން މަސައްކަތްކުރެވޭނެ، ޢިލްމީ އަދި ފަންނީ ގާބިލުކަން ހުރި ބޭފުޅަކަށް ފައިސަލް ވެގެންދާނެއެވެ. ފައިސަލްއަކީ މުޖުތަމަޢުގެ މައްސަލަތައް ފުންކޮށް ދެނެވަޑައިގަންނަވާ، އަދި އެކަންކަމަށް ޢިލްމީ ހައްލުތައް ހޯއްދަވައިދެއްވޭނެ ފަދަ ތަޖުރިބާކާރު ބޭފުޅެކެވެ. ޕާޓީއަށް އެންމެ ބޭނުންވި ވަގުތުތަކުގައި އޭނާ ވަނީ އޭނާގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދެއްވާފައެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރައްވާ އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ފައިސަލްކަމާމެދު ޝައްކެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
