
(ފޮޓޯ ކްރެޑިޓްސް: ސަން)
2025ވަނަ އަހަރު ސިވިލް ކޯޓުން މައްސަލަ ނިންމި މިންވަރު އޭގެ ކުރީ އަހަރާއި ބަލާއިރު 23 އިންސައްތަ އިތުރުވެއްޖެއެވެ. އެކޯޓުން ވަނީ މިދިޔަ އަހަރު އެކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ނިންމި މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. ސިވިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 5680 މައްސަލަ ވަނީ އެކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. 2024ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވަނީ 5142 މައްސަލައެވެ. އެގޮތުން މިއީ 2024ވަނަ އަހަރާއި އަޅާ ބަލާއިރު 10.46 އިންސައްތަ އިތުރު އަދެކެވެ.
މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކަށް ބަލާއިރު 6718 މައްސަލަ ވަނީ ނިންމާފައެވެ. 2024ވަނަ އަހަރު ނިންމާފައިވަނީ 5432 މައްސަލައެވެ. މިއީ 2024ވަނަ އަހަރު ނިންމު މައްސަލަތަކާއި އަޅާބަލާއިރު 23.68 އިންސައްތަ އިތުރު އަދަދެކެވެ. މީގެއިތުރުން އިޖުރާއީ ނިންމުމާއި އިޚްތިޞާޞާމެދު ނިންމި ނިންމުންތައް އަދަދުވެސް ސިވިލް ކޯޓުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން 2024ވަނަ އަހަރު 135 ނިންމުން އަދި މިދިޔަ އަހަރު 126 ނިންމުން ވަނީ ނިންމާފައެވެ. ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުވާގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި ކޯޓު އަމުރާމެދު ނިންމި ނިންމުންތައް ބަލާއިރު 2025ވަނަ އަހަރު 166 މައްސަލަ ވަނީ ނިންމާފައެވެ. 2024ވަނަ އަހަރު 103 މައްސަލަ ނިންމާފައިވާއިރު މިއީ 2024 އަހަރާއި ބަލާއިރު 63 މައްސަލައިގެ އިތުރު އިތުރުވުމެވެ.
ސިވިލް ކޯޓަކީ 21 އޮކްޓޯބަރ 2010ގައި ތަޞްދީޤު ކުރި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ސުޕީރިއަރ ކޯޓެކެވެ. މި ކޯޓަކީ މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެކެވެ. ސިވިލް ކޯޓު އުފެދުމާ ހަމައަށް ސިވިލް ކޯޓުގެ އިޚްތިޞާޞްގައި ހިމެނޭ މައްސަލަތައް ބަލަމުން އައީ 01 އޮގަސްޓް 1997 ގައި އުފެއްދި މަދަނީ ކޯޓުންނެވެ. ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޜަނެއް ޤާއިމުކޮށްފައިވަނީ 13 އޭޕްރިލް 2016 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
