
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާއާއި ރަޝިޔާއާއި އީރާނުން ގުޅިގެން ދެކުނު އެފްރިކާގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ. ދެކުނު އެފްރިކާއިން ބުނީ އެ ތަމްރީންތަކަކީ ކަނޑުދަތުރުކުރުމުގެ ދާއިރާއާއި ކަނޑުގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބްރިކްސް ޕްލަސްއިން ކުރިއަށް ގެންދާ ޚާއްޞަ ޙަރަކާތެއް ކަމަށެވެ. އަސްކަރީ ޙަރަކާތް ކުރިއަށް ގެންދަނީ ތިން ޤައުމަކުން ގުޅިގެން ނަމަވެސް އޮބްޒާވަރުންގެ ހައިސިއްޔަތުން ބްރެޒިލްެއާއި އިތިއޯޕިޔާއާއި މިޞްރުން އެ ޙަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ.
ބްރިކްސް ޕްލަސްއަކީ ބެރެޒިލްއާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާގެ މައްޗަށް އެކުލެވޭ ބްރިކްސްއާ އަލަށް ގުޅިފައިވާ ނުވަތަ ބްރިކްސްއާއެކު ގާތުން މަސައްކަތްކުރާ ޤައުމުތަކެވެ. ބްރިކްސް ޕްލަސްއަށް އިތުރުވި ޤައުމުތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި އިންޑޮނޭޝިޔާއާއި އެތިއޯޕިޔާއާއި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ. ދެކުނު އެފްރިކާއިން ޗައިނާއާއި ރަޝިޔާއާއެކު ކަނޑުގެ އަސްކަރިއްޔާގެ ޙަރަކާތްތައް އަބަދު ވެސް ކުރިއަށްގެންދާ ޤައުމެކެވެ. ނަމަވެސް މި ފަހަރުގެ ޙަރަކާތް ކުރިއަށް ގެންދަނީ އެމެރިކާގެ ސަރުކާރާ، ޗައިނާއާއި އީރާނާއި ދެކުނު އެފްރިކާއާއި ބްރެޒިލް ހިމެނޭހެން ބްރިކްސް ޕްލަސްގެ ގިނަ ޤައުމުތަކާ ދެެމެދު އޮންނަ ގުޅުން ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރިކްސްގެ ޤައުމުތަކުން އެމެރިކާއާ ދެކޮޅު ސިޔާސަތުތައް ކުރިއަރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ބްރިކްސްގެ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އެހެން ޤައުމުތަކުން ނަގާ ޑިއުޓީގެ ޢަދަދަށްވުރެ ދިހަ އިންސައްތަ އިތުރު ޓެރިފެއް ކަނޑައަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
