
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާއިން ފޯރުކޮށްދެމުންދާ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ނަތަންޔާހޫ ބުނީ ޔަހޫދީންގެ އެންމެ ބޮޑު މަދަގުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ދާދިފަހުން ބޭއްވި ބައްދަލުވުމުގައި، އެމެރިކާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރި ކަމަށާއި ނަމަވެސް، އެ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އަމިއްލައަށް އަސްކަރީ ޤާބިލުކަން އުފައްދަންޖެހޭ ކަމުގެ ޚިޔާލު ޙިއްޞާކުރި ކަމަށެވެ.
ބޭރުގެ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށްޓަކައި، ޔަހޫދީން އަމިއްލައަށް ހަތިޔާރު އުފެއްދުމުގެ ޤާބިލުކަމަށް 110 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަމަށް، މިދިޔަ މަހުގެ ތެރޭގައި ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ. ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. 2028 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ ފަހުމްނާމާގެ ދަށުން، 38 ބިލިއަން ޑޮލަރުގެ ހަތިޔާރާއި، އަސްކަރީ އާލާތްތައް ގަތުމަށް 33 ބިލިއަން ޑޮލަރުގެ ހިލޭ އެހީ، އަދި އަސްކަރީ ދިފާޢީ ނިޒާމުތައް ޤާއިމުކުރުމަށް އިތުރު ފަސް ބިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
