
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވުމުން، ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިފައިން ފޮނުވުމުގެ ތައްޔާރީތަކަށް އިނގިރޭސިވިލާތުން 270 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ. ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސުލްޙަ ޤާއިމުކުރެވުމަށްފަހު، އަލުން ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދިނުން ހުއްޓުވައި، ސަލާމަތީ ގޮތުން ޔޫކްރެއިނަށް އެހީވުމަށް ވިލާތުގެ ބޮޑެތި ޤައުމުތަކުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުސްވި ހަފްތާގައި ބޭއްވި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ އާއި ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެޚްރަން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޙަރަކާތްތެރިވާނެ ބައިނަލްއަޤްވާމީ ފައުޖަކާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ.
ޔޫކްރެއިނަށް އިއްޔެ ކުރެއްވި ދަތުރުފުޅަށްފަހު، އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ޖޯން ހީލީ ވިދާޅުވި ގޮތުގައި، އެ ފަންޑު ބޭނުންކުރާނީ އަސްކަރީ އާލަތްތައް ތައްޔާރީ ޙާލަތަށް ގެނައުމުގެ އިތުރަށް އިނގިރޭސިވިލާތުގެ ސިފައިން ޔޫކްރެއިނަށް ފޮނުވުމުގެ ތައްޔާރީތަކަށެވެ. މެޚްރަން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، “މަލްޓި-ނެޝަނަލް ފޯސް ފޮރ ޔޫކްރެއިން” އެކުލަވާލައި ފައުޖުގައި ފަރަންސޭސިވިލާތުގެ އެތަކެއް ހާސް ސިފައިން ބައިވެރިކުރުވަން ވަނީ ނިންމައިފައެވެ. ނަމަވެސް، އެ ފައުޖުގައި އިނގިރޭސިވިލާތުން ބައިވެރިކުރާނެ ސިފައިންގެ ސީދާ ޢަދަދެއް ސްޓާމަރ އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، ތައްޔާރިތަކަށް ވަކި ބަޖެޓެއް ކަނޑައަޅައިގެން މަސައްކަތް ފެށުމަކީ، އިނގިރޭސިވިލާތުން މިކަމުގައި ބައިވެރިވާނެކަމުގެ އިތުރު ޔަޤީންކަމެއް ޔޫކްރެއިނަށް ލިބޭނެކަމެއް ގޮތުގައި ހީލީ ވަނީ ސިފަކުރައްވައިފައެވެ. ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، މުސްތަޤުބަލުގައި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކާ ބައިވެރިވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ވެސް މިހާރު ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
