
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ތައިލެންޑުގައި ބާއްވާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ފުރާފައިވާއިރު، ފިރިހެން ޓީމެކޭ އެއްފަދައިން އަންހެން ޓީމަށްވެސް އިތުބާރުކޮށް ހިތްވަރު ދިނުމަށް ކެޕްޓަން ފާތިމަތު ޝާލިޔާ އެދިއްޖެއެވެ. މިއީ ރާއްޖޭގެ އަންހެން ފުޓްސަލް ކުޅުންތެރިންނަށް ޤައުމީ ޓީމެއްގެ ގޮތުގައި ލިބުނު ފުރަތަމަ ފުރުސަތުކަން ފާހަގަކޮށް، ޝާލިޔާ ބުނީ ޓާފްގައި ފަރިތަކުރަން ޖެހުމާއި ބައިނަލްއަގްވާމީ ތަޖުރިބާ މަދުވުމަކީ ގޮންޖެހުމެއް ނަމަވެސް، ޓީމުން މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
ޖުމްލަ 7 ޤައުމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ މި ސަރަހައްދުގެ އެންމެ ތަޖުރިބާކާރު ޓީމު ކަމަށްވާ އިންޑިއާއާ ދެކޮޅަށެވެ. މެޗުގެ ކުރިން އިންޑޯ ޕިޗެއްގައި ފަރިތަކޮށްލަން ލިބޭ ފުރުސަތަކީ ޓީމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށާއި، ރާއްޖޭގެ ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ކާމިޔާބީގެ އުންމީދު ބޮޑުކަމަށް ޝާލިޔާ ބުންޏެވެ. ކޯޗު އާތިފް މުހައްމަދުގެ އިރުޝާދުގެ ދަށުން 14 ކުޅުންތެރިންގެ ސްކޮޑަކާއެކު ރާއްޖެއިން މަސައްކަތްކުރާނީ މި ސަރަހައްދުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
