
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފިރިހެން ދަރިންގެ ހިތުގައި މިސްކިތުގައި ނަމާދު ޤާއިމް ކުރުމަށް ލޯބިޖެއްސުމަށް، އެކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. ހުކުރު ޚުތުބާގެ މަޢުޟޫއަކީ، “ކުޑަކުދިން މިސްކިތައް އަހުލުވެރި ކުރުވުން” މި މަޢުޟޫއެވެ. ހުކުރު ޚުތުބާގައި ވިދާޅުވީ، ތިބާގެ ދަރިން މި މަތިވެރި ވާޖިބަށާއި ފިރިހެން ދަރީން މިސްކިތުގައި ނަމާދު ޤާއިމް ކުރުމަށް ލޯބިޖެއްސުމަށްޓަކައި އެކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށެވެ. އަދި މި މަތިވެރި ވާޖިބަށް ތިބާގެ ދަރީންގެ ހިތުގައި ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އިޚުމާލުވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމަ ނޫނީ ނުލިބޭނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
ދަރީންނަކީ ނަމާދަށް ފަރުވާތެރި ބަޔަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި، ތަފާތު ޕްރޮގްރާމްތައް އެކިއެކި މުއައްސަސާތަކުން ރާވައި، ނަމާދު ވަގުތު ފާއިތުވެދާއިރުވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެކަމުގެ ތެރޭގައި މަޝްޢޫލު ކުރުވާކަމީ މިހާރު ޢާންމު ކަމެއް ކަމަށެވެ. އަދި ހިތާމައަކީ ނަމާދަށް ބަންގި ގޮވާއިރު، މައިންބަފައިންވެސް ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ މަންޒަރު ފެންނަމުން ދިއުން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
ކީރިތި މާތް ނަބިއްޔާ ހަދީޡު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެކަނިހުރެ ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ ހަތާވީސް ގުނަ އިތުރު ވެގެންދެއެވެ”. ޚުތުބާގައި ވިދާޅުވިއެވެ. ހުކުރު ޚުތުބާގައިވަނީ، ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި އަޅަމެންގެ ދަރިންނަކީ ނަމާދަށް ފަރުވާތެރި، މިސްކިތަށް ލޯބި ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. ހުކުރު ޚުތުބާގައި ވިދާޅުވީ، ތިބާގެ ދަރިންނަކީ ނަމާދަށް ލޯބި ކުރާ ދަރީންތަކެއް ކަމުގައި ހެދުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޙުތިޔާރު ކުރުން ކަމަށެވެ. ހުކުރު ޚުތުބާ ނިންމަވާލެއްވީ މި ހިނގާ ރަޖަބުމަހު، ސަވާބާއި ދަރުމަ ހޯދުމަށްޓަކައި ހެޔޮ ކަންތައްތައް އިތުރުކޮށް ނުބައި ކަންތަކުން ދުރުވެ ގަތުމަށް ގޮވާލައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
