
(ފޮތޯ ކްރެޑިޓްސް: އެމްއޭސީއެލް)
“ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް” ގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އިއުލާނުކޮށްފިއެވެ. “ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް”އަކީ، ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އީޖާދީ އުފެއްދުންތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ކުންފުނިތަކެވެ. އޭގެ ތެރޭގައި ކްލައުޑް ކޮމްޕިއުޓިން، ސެކިއުރިޓީ، އޭއައި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތައް ހިމެނެއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ކުރި އިއުލާނުގައި ވާގޮތުން، ޓެކްނޮލޮޖީ ސޮލިއުޝަން ޕްރޮވައިޑާއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނީ އެކުންފުނިން އަންގާ ގޮތަކަށެވެ. އަދި ޓެކްނޮލޮޖީއާ ގުޅުންހުރި ޚިދުމަތްތައް ފަރުމާކޮށް، ބިނާކުރުމުގެ އިތުރުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު ބެލެހެއްޓުން ފަދަ މަސައްކަތްތައް ކުރަން ޖެހޭނެއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކަކީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންވާނެ ކަމަށެވެ. އަދި ޓީމުގައި މަދުވެގެން 5 ދިވެހިން ހިމެނެންވާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ. އަދި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި، އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރެއްގެ އިތުރުން ލިޔެކިޔުންތައް ހުށަހަޅަންވާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އެކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
