
(ފޮޓޯ ކްރެޑިޓްސް: އޭވިއޭޓާރސް މޯލްޑިވްސް)
މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު %3.6 އިތުރު އަދަދެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީއިން ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް ބައިނަލްއަޤްވާމީ އެއާލައިންތަކުން 15،689 ދަތުރު ކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 15،143 ދަތުރެވެ. އެހެންކަމުން މިއީ، %3.6 އިތުރު އަދަދެކެވެ.
މި ރިޕޯޓުން ދައްކާ ގޮތުން މި މުއްދަތުގައި ޝެޑިއުލް ކޮށްގެން ރާއްޖެ އައިސްފައިވަނީ 14،400 ދަތުރެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޝެޑިއުލް ކޮށްގެން ރާއްޖެ އައިސްފައިވަނީ 13،896 ދަތުރެވެ. އެހެންކަމުން މިއީ %3.6 އިތުރުވުމެކެވެ.
ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރ ފްލައިޓްތައްވެސް ދަނީ އިތުރުވަމުންނެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް މިގޮތަށް ރާއްޖެއަށް 1،289 ދަތުރު ވަނީ ކޮށްފައެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 1،247 ދަތުރެވެ. އެހެންކަމުން މިއީ %3.3 އިތުރު އަދަދެކެވެ. ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު ރާއްޖެއަށް ދަތުރު ކުރާ ގިނަ އެއާލައިންތަކަކުން ދަނީ އެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރު ކުރަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމާއިއެކު މިހާރު ރާއްޖެއަށް ދަތުރު ކުރާ ބައިނަލްއަޤްވާމީ ހުރިހައި އެއާލައިނެއްގެ އޮޕަރޭޝަންސްތައް ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
