
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ކުރިމަތިވާ އިންސާނީ ދަތިތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ “ގްލޯބަލް ސުމޫދު ފްލޮޓިލާ”ގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްލޯއާ ބައްދަލުކުރައްވައިފިއެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ދަޢުވަތަކަށް ރާއްޖެ އައި މި ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހި ދައުލަތުގެ އިސްވެރިން ވަނީ ފަލަސްތީނުގެ ހައްޤުގައި އެ ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި ހިތްވަރު ދެއްވާފައެވެ.
މި ބައްދަލުވުންތަކުގައި މަޖިލީހުގެ ރައީސް ވަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވީނަމަވެސް، ފަލަސްތީނުގެ ހައްޤުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުމަކީ ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްތީނަށް ވަކާލާތުކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މި ދަތުރުގެ މަޤްޞަދަކީ ފްލޮޓިލާގެ ހަރަކާތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމާއި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމެވެ. ސުމޫދު ފްލޮޓިލާއަކީ ސުލްހަވެރިކަމާއެކު ޣައްޒާގެ ބަންދު އުވާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ހަރަކާތެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
