
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަޤާމުގެ ކުރިއެރުން ހައްޤުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުގެ އުސޫލު އިސްލާހު ކޮށްފިއެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު މުސާރައިގެ ކުރިއެރުން ދެވޭނ،ީ މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމުންނެވެ. މީގެ ކުރިން އުސޫލުގެ ދަށުން މަޤާމުގެ ކުރިއެރުން ދެނީ، މާލީ ވުޒާރާއިން އެކަމަށް ދޭ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން މާލީ ވުޒާރާއިން އެކަމަށް ހުއްދަ ދޭ ތާރީޙުން ފެށިގެންނެވެ. ނަމަވެސް އުސޫލަށް މިހާރު ގެނައި އިސްލާހުގުވާގޮތުން މާލީ ވުޒާރާގެ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ދޭނީ، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެންނެވެ.
ސީއެސްސީން އުސޫލަށް ގެނައި ބަދަލުގެ ސަބަބުން މަޤާމުގެ ކުރިއެރުން ހައްޤުވެ މުސާރައިގެ ކުރިއެރުން ލިބުމުގައި އިދާރީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިމަވުމާއި ހަމައަށް މުސާރައަށް ކުރިއެރުން ނުލިބޭ މުވައްޒަފުންނަށް ކުރިއެރުން ފަހުން ލިބުނު ކަމުގައިވިއަސް އެ މުއްދަތަށް ނުލިބިވާ މުސާރަ އެފަރާތްތަކަށް ލިބޭނެ ކަމަށް، ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފުރަތަމަ އާންމު ކުރީ މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. މި އުސޫލުގައިވާ ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައިގެ ކުރިއެރުންކަމުގައި ބަލާފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ “މަޤާމުގެ
އެލަވަންސް” ގެ 1ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް އަދި 2 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ.
އެގޮތުން ކުރިއެރުން ލިބޭނީ، މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް އެ މަސައްކަތުގެ ފެންވަރުބެލުމުން ދެ އަހަރު ވެސް ވިދިވިދިގެން މަދުވެގެން %85 މާކްސް ހޯދުމުންނެވެ. މިއިން ކޮންމެ ހަރުފަތަކުންވެސް ކުރިއެރުން ލިބޭނީ މިމަގުން ކަމަށް އުސޫލުގައިވެއެވެ. އުސޫލުގައިވާ ގޮތުން، މަޤާމުގެ ފެންވަރުބެލުމުގެ ނިޒާމުން މަދުވެގެން 2 އަހަރު ވަންދެން %85 އިންސައްތަ އެފަރާތެއް ހޯދިނަމަވެސް، އޭނާ އެ މަޤާމެއްގައި 2 އަހަރު ދުވަހުގެ މުއްދަތެއް ހޭދަ ކުރަން ޖެހެއެވެ. ސިވިލްސާ ސާވިސް މުވައްޒަފުންގެ ތެރެއިން މިހާރު އައު ޕޭ ފްރޭމްވޯކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއިދާރާއަކުން ކުރިއެރުން ދޭއިރު، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، ކުރިއަށް އޮންނަ އަހަރުގެ ތެރޭގައި މުސާރައިގެ ކުރިއެރުންދޭންޖެހޭނެކަމަށް އަންދާޒާކުރާ މުވައްޒަފުން ފާހަގަކުރުމަށް އުސޫލުގައި ހިމެނެއެވެ. އަދި އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމަށް އިތުރަށް ހިނގާނެ ޚަރަދު ބަޖެޓުގައިހިމަނަން ޖެހެއެވެ. މި ނޫން ހާލަތްތަކުގައި ކުރިއެރުން ދެވޭނީ މާލީ ވުޒާރާއިން ވަކިން ލިއުމުން ހުއްދަ ހޯދައިގެން ކަމަށް ސިވިލް ސާވިސްގެ ޤަވާއިދުގައިވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ ޤަވާއިދަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު، މި ޤަވާއިދު މިހާރު ޕޭއި ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނާއި އަދި ކުރިއަށް ބަދަލުވާނެ މުވައްޒަފުންނަށްވެސް ހިންގާނެ ކަމަށެވެ. މި ވަގުތު މި އުސޫލުގެ ޝަރުތުތައް ފުރިހަމަވާނީ މުދައްރިއްސުންނަށާއި ސިއްޙީ ޚިދުމަތްތެރިންނަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
