
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނިރުބަވެރިކަމާއި މުވާސަލާތީ އާލާތްތައް ބޭނުންކޮށްގެން ކުރާ ކުށްތަކާ ދެކޮޅަށް ޕާކިސްތާނާއެކު އިތުރަށް މަސައްކަތްކޮށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާއިން ބުނެފިއެވެ. ޗައިނާއިން އެހެން ބުނީ އެ ޤައުމުގެ އާއްމު ސަލާމަތާ ބެހޭ ވަޒީރު، ވެންގް ޝައޮހޮންގއާއި ޕާކިސްތާނުގެ ދާޚިލީ ވަޒީރު، މުޙްސިން ނަޤްވީއާ ދެމެދު ބެއިޖިންގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަަލުވުމުގައި ވޭންގް ވަނީ ދެ ޤައުމަށް ކުރިމަތިވެފައިވާ ތަފާތު ނުރައްކާތަކާއި ގޮންޖެހުންތަކަށް އެދެވޭ ޙައްލެއް ހޯދައި، ދެ ޤައުމުގެ ޤައުމީ ސަލާމަތާއި އިޖުތިމާޢީ ހަމަޖެހުން ރައްކާތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކުރައްވައިފައެވެ. ދެ ޤައުމުން ވެސް ވަނީ އެއްބާރުލުން އިތުރުކޮށް، ދެ ޤައުމުގެ ދެމެދުގައި ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުމުގެ އިތުރުން ޤާނޫނު ތަންފީޒުކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ޗައިނާއާއި ޕާކިސްތާނުން މި ފަދަ އެއްބަަސްވުމަކާ ހަމައަށް އައިސްފައި މި ވަނީ ޗައިނާއިން ޚަރަދުކޮށް ޕާކިސްތާނުގައި ހިންގައި ބޮޑެތި އުމްރާނީ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ޕާކިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޙަމަލާތައް ތަކުރާރުކޮށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޗައިނާ-ޕާކިސްތާނު އިޤްތިޞާދީ ކޮރިޑޯ، ސީޕީއެސް މަޝްރޫޢުއާ ގުޅުންހުރި މަސައްކަތްތެރިންނަށް މި ފަދަ ޙަމަލާތައް އަމާޒުވާލެއް އިތުރެވެ. ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޗައިނާގެ ރައްޔިތުންނަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
