
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ވެނެޒުއެލާގައި ތާށިވެފައިހުރި 50 މިލިއަނެއްހާ ފީފާ ތެޔޮ، އެމެރިކާ މެދުވެރިކޮށް ވިއްކުމަށް ވެނެޒުއެލާގެ އިންތިޤާލީ ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިދިޔަ ހަފްތާ ބަންދުގައި، އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއިން ވަނީ ޑްރަގް ވިޔަފާރު ކުރުމާއި ނިރުބަވެރި ކަމަށް ހިތްވަރު ދިނުމަށް ޑްރަގް ވިޔަފާރި ބޭނުންކުރުން ހިމެނޭ ގޮތަށް ހަތަރު ދައުވާއެއް މަދޫރޯއާ ދެކޮޅަށް އުފުލައިފައެވެ. ނަމަވެސް އެ ދައުވާތަކަށް މަދޫރޯ އިންކާރުކުރައްވައެވެ.
ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމާ އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގެންފައިވާއިރު، މިއީ އެމެރިކާ އާއެކު އިންތިޤާލީ ސަރުކާރުން ރަސްމީ ސިފައެއްގައި މަޝްވަރާއެއް ކުރެވޭކަން ހާމަވި ފުރަތަމަ ފަހަރެވެ. ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، 30 މިލިއަނާއި 50 މިލިއަން އާ ދެމެދުގެ ފީފާ ތެޔޮ، ވަކި އިންތިޒާމެއްގެ ދަށުން އެމެރިކާއަށް ގެނެސް، ދުނިޔޭގެ ބާޒާރުގައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ، ސީދާ އޭނާގެ ބެލުމުގެ ދަށުން ހޭދަކުރާނީ ވެނެޒުއެލާ އާއި އެމެރިކާގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ވެނެޒުއެލާގެ ތެލުގެ އަގު މިވަގުތު ހުރި މިންވަރަށް ބަލާނަމަ، މި އެއްބަސްވުމުގެ ޖުމްލަ އަގު 1.9 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވާނެއެވެ. އެމެރިކާގެ ތެޔޮ ކުންފުނިތަކުން، ވެނެޒުއެލާގެ ވަޅުޖެހިފައި އޮތް ތެލުގެ ވިޔަފާރިއާ ޙަވާލުވެ، ބޮޑެތި އިންވެސްޓްމަންޓުތައް ކުރާނެކަމަށް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިގޮތުން، އެ ކުންފުނިތަކާއި އެމެރިކާ ސަރުކާރުގެ ކަމާގުޅޭ އިސް ބޭފުޅުންނާއެކު ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
