
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، މުސްތަޤުބަލުގައި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކާ ބައިވެރިވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފިއެވެ. ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސުލްޙަ ޤާއިމުކުރެވުމަށްފަހު، އަލުން ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދިނުން ހުއްޓުވައި، ސަލާމަތީ ގޮތުން ޔޫކްރެއިނަށް އެހީވުމަށް ވިލާތުގެ ބޮޑެތި ޤައުމުތަކުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެކުރިން ބޭއްވި ބައްދަލުވުންތަކާ ޚިލާފަށް، ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ އިސް މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު އަދި ޚާއްޞަ މަންދޫބު ޖެރެޑް ކުޝްނަރ އާއި ސްތީވް ވިޓްކޯފް ހިމެނިވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމަށްފަހު، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތް އަދި ޔޫކްރެއިނާއެކު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޓްކޯފް ވިދާޅުވީ، ރަޝިޔާއިން އަލުން ޔޫކްރެއިނަށް ޙަމަލާ ނުދެވޭނެ ގޮތަށް ޔޫކްރެއިންގެ ސަލާމަތީ ކަންކަން ރޭވުމުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ. ކުޝްނަރ ވެސް ވިދާޅުވީ، ރަޝިޔާ އާއެކު ސުލްޙަ ޤާއިމުކުރެވުމަށްފަހު، މި ޙާލަތު ތަކުރާރުނުވާނެކަމުގެ ޔަޤީންކަން ޔޫކްރެއިނަށް ބޭނުންވާނެކަމަށް އެމެރިކާއިން ޤަބޫލުކުރާ ކަމަށެވެ. މި ބައްދަލުވުމުގައި ސުލްޙައިގެ އެއްބަސްވުން ދަމަހައްޓައި، އެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިޙްތިރާމްކުރާކަން ޔަޤީންކުރެވޭނެ ނިޒާމެއް ވެސް އެކުލަވައިލުމަށް ވަނީ އެއްބަސްވެފައެވެ. އެއްބަސްވުން ދެމެހެއްޓުމަށްޓަކައި އެމެރިކާ ސިފައިން ޤާއިމުވެ ތިބުމުގެ ބަދަލުގައި، ސެޓެލައިޓާއި ޑްރޯން ފަދަ އާލަތްތައް ބޭނުންކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަ ޤައިމުކުރުމުގެ މަޝްވަރާތަކަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން، އެމެރިކާގެ އިސް މަންދޫބުންނާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ އޮނިގަނޑެއް ޔޫކްރެއިނުން މިހާރު ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެ އޮނިގަނޑަށް އެއްބަސްވާކަމެއް ނުވަތަ ނޫން ކަމެއްވެސް ރަޝިޔާއިން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
