
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމަށް އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާއިން އެ ކަމަށް މަރުޙަބާ ކިޔައިފިއެވެ. މި ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއިން ވަނީ ޑްރަގް ވިޔަފާރު ކުރުމާއި ނިރުބަވެރި ކަމަށް ހިތްވަރު ދިނުމަށް ޑްރަގް ވިޔަފާރި ބޭނުންކުރުން ހިމެނޭ ގޮތަށް ހަތަރު ދައުވާއެއް މަދޫރޯއާ ދެކޮޅަށް އުފުލައިފައެވެ. ނަމަވެސް އެ ދައުވާތަކަށް މަދޫރޯ އިންކާރުކުރައްވައެވެ.
ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ޙާލަތުގައި ވެނެޒުއެލާގެ ހަމަޖެހުން ދަމަހައްޓައި، އެ ޤައުމަށް ހަތިޔާރު އެޅި ބަޔަކު ދީފައިވާ ޙަމަލާތަކާއި ބިރުދައްކައިގެން ވަކި ކަމެއް ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް، ވަގުތީ ރައީސަކު ޢައްޔަނުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ރަޝިޔާއިން ބުނީ އިތުރު ފަރާތެއްގެ ފަނާކުރަނިވި ނުފޫޒެއް ނެތި ޤައުމުގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ ފުރުޞަތު ވެނެޒުއެލާގެ ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށެވެ. ރަޝިޔާއިން އިތުރަށް ބުނީ އެ ޤައުމުން ވެނެޒުއެލާގެ ސަރުކާރާއި ރައްޔިތުންނާއެކު ދެމި އޮތް ކަމަށާއި، ވެނެޒުއެލާގެ އިސްތިގުލާލާއި ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އެ ޤައުމުން އަބަދު ވެސް އެހީތެރިވާނެ ކަމަށެވެ.
ރަޝިޔާއިން ނެރުނު ބަޔާނުގައި އެމެރިކާގެ ނަން ސީދާ ބަޔާންކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެެމެރިކާގެ ރައީސްކަމާ ޓްރަމްޕް ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގަތީއްްސުރެ ޓްރަމްޕްއަށް ފާޑު ނުކިޔުމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ސަމާލުކަން ދެއްވާ ކަމަށް ވަނީ ފާހަގަވެފައެވެ. އެމެރިކާއާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުން ކުރިއެރުވުމަށް ޕުޓިން ބޭނުންވެވަޑައިގަންނަވައެވެ. އެމެރިކާއިން މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމާ ގުޅޭ ގޮތުން ޕުޓިން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މަދޫރޯ ހައްޔަރުކޮށް ވެރިކަމުން ދުރުކުރުމުގެ ހާދިޘާއަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ޤައުމެއްގެ ސަރުކާރު ވައްޓާލާފައިވާ ދެވަނަ ފަހަރެވެ. ރަޝިޔާއިން ވާގިވެރިވަމުންދިޔަ ސޫރިޔާގެ ކުރީގެ ރަޢީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ވެސް 2024ވަނަ އަހަރުގެ ފަހުކޮޅު ވަނީ ކުއްލި ގޮތަކަށް ނިމުމަކަށް އައިސްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
