
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގު، އިންޓަނޭޝަނަލް ބްރޭކަށްފަހު އަލުން ފެށިއިރު ޓީމުތައް ވަރުގަދަވެ، ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. ދިވެހި ލީގުގައި ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް 1-2 އިން މޮޅުވި މެޗަށްފަހު “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ކޯޗު ލުއިސްމާ ބުނީ، އިންޓަނޭޝަނަލް ބްރޭކުގައި ހުޅުވުނު ޓްރާންސްފަަރ ވިންޑޯގައި ޓީމުތަކުން ރަނގަޅު ކުޅުންތެރިންތަކެއް ހިމަނާފައިވާ ކަމަށާއި މިއާއެކު ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ ކަމަށެވެ. ޙާއްސަ ގޮތެއްގައި ޓީމުތަކުން ކުޅުންތެރިން ހަމަކޮށް އެކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައިވާތީ، އެ ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިވެ، ދަނޑުމަތިން އޭގެ ރަނގަޅު ނަތީޖާ ދައްކަމުންދާކަން ކޯޗު ފާހަގަކުރިއެވެ. އަދި މިއާއެކު ދިވެހި ފުޓުބޯޅައަށް ވެސް ކުރިއެރުންތަކެއް އައިސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވޭކަމަށް އޭނާ ބުންޏެވެ.
މި ބަދަލުތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާގެ މަގާމު ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނުކަން ފާހަގަކޮށް ކޯޗު ބުނީ، އޭނާއާއި ކުޅުންތެރިންގެ ޒިންމާއަކީ އަދި މަސައްކަތްކުރަނީ ލީގު ނިމޭއިރު އެ މަގާމު ދަމަހައްޓަން ކަމަށެވެ. “މިހާރު ހުރިހާ ޓީމަކުން ވެސް ކުޅުންތެރިން ހަމަކޮށް އެކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާތާ ދެތިން މަސް މިވަނީ ވެފަ. އެހެންކަމުން އެ ޓީމުތަކުގެ ކުޅުންވެސް މިވަނީ ރަނގަޅުވެ. ވާދަވެރިކަން ވެސް މިވަނީ ބޮޑުވެފަ. ދެވަނަ ބުރު ޓީމުތަކުން ފަށާފައި މިވަނީ އައު ކުޅުންތެރިންނާވެސް އެކީގައި. އެއާއެކު ޓީމުތަކުގެ ފެންވަރު ވެސް މިވަނީ މަތިވެފަ. މިއީ ރާއްޖޭގެ ފުޓުބޯޅައަށް އޭގެ ފައިދާ ކުރާނެކަމެއް. ލީގުގެ ފެންވަރު ވެސް މަތިވާނެ. މި ބަދަލުތަކާއެކު މާޒިޔާއަށް މަގާމު ދަމަހައްޓަން ވެސް އުނދަގޫތަކެއް އަންނާނެ އެކަމަކު އަހަރުމެންގެ ޒިންމާއަކީ ލީގު ނިމޭއިރު ތާވަލުގައި އޮތުން. އެކަމަށް އަހަރުމެން ގަދައަޅާ މަސައްކަތްކުރާނަން” ކޯޗު ލުއިސްމާ ބުންޏެވެ.
ލީގު ތާވަލުގެ އެއްވަނައިގައި މަގާމު ދަމަހައްޓަން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެކަމަށް ގަދައަޅާ މަސައްކަތްކުރާނެކަމަށް ކޯޗު ލުއިސްމާ ބުނެފައިވާއިރު، މެޗު ވީކް 13 ނިމުނުއިރު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 13 މެޗުން 12 މެޗު ކާމިޔާބުކޮށް، 37 ޕޮއިންޓު ހޯދައިގެންނެވެ. މާޒިޔާއާ އެންމެ ކައިރިން، ތާވަލުގެ ދެވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 13 މެޗުން 29 ޕޮއިންޓާއެކުއެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ފަސް މެޗެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
