
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ޕްރިމިއަރ ލީގުގައި ދިވެހި ފުޓުބޯޅައިގެ ގަދަބާރު މާޒިޔާއާ ވާދަކޮށް ބަލިވި ނަމަވެސް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތައުރީފު ހައްގު ކުޅުމެއްކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ލީގުގައި މި މަހުގެ 4 ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅެ ޔޫވީ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ނަޒީހް ބުނީ، މެޗަށް ނުކުތީ މަދުވެގެން ޕޮއިންޓެއް ހޯދަން އަޒުމުކަނޑައަޅައިގެން ކަމަށާއި ކުޅެން ނިކުތް ގޭމަށް، ޔޫވީ ކޮޅަށް ވަން ފުރަތަމަ ގޯލާއެކު ނުރަނގަޅު އަސަރުތަކެއް ކުރި ކަމަށެވެ.
“އުއްމީދުކުރީ ޕޮއިންޓެއް ނަމަވެސް ލިބޭތޯ އެކަމަކު އެހެނެއްނޫން މި ދިޔައީ. ފުރަތަމަ އެ ވަން ގޯލާ އެކީގައި ވެސް ގޯސްވެގެން ދިޔަ އަސްލުގަ ގޭމް. ވަރަށް ހިތްވަރުކޮށްފަ ކުދިން ކުޅެމުންދަނިކޮށް އެ ގޯލު ވަނީ. ވަރަށް އާދައިގެ ގޯލެއް އެއީ. އެއީކީ ވެގެން ވާނެ ގޮތެއް ވެސް ނޫން” ޓީމުން މެޗުގައި ދެއްކި ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ނަޒީހު ބުންޏެވެ. މެޗުން ބަލިވި ނަމަވެސް، މި މެޗަށް ބިނާކޮށް ޔޫވީގެ ކުޅުން މިނައިގެން ނުވާނެ ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެކަމަށް ނަޒީހު ބުންޏެވެ. އޭގެ ސަބަބުން ވެސް އޭނާ ކިޔައިދިނެވެ.
“މާޒިޔާ ހަމަ ރަނގަޅަށް ކުޅެމުންދަނިކޮށް މީނީ 1-2 ވެފަ. ގޭމެއް ރަނގަޅަށް ކުޅެވޭނީ ވެސް ކުޅުންތެރިން ތިބެގެން ހަމަ. ފުރަތަމަ ވަރަށް ފޮނިކެނޑިން ފުރަތަމަ ބުރު ނިންމާލާފަ. މިވެނި މިވެނި ބަޔަކު އެބަ ގެންނަމޭ ކިޔާފަ. އެކަމު ސްޓްރައިކަރު ވެސް ގެނެވުނީ ފުރަތަމަ މެޗުގެ ދެ ދުވަސް ކުރިން. ޑިފެންޑަރު އަންނާނީ މިރޭ (ޖެނުއަރީ 4). އެހެންވީމަ ކުޅުންތެރިން ވެސް އެވެއިލަބަލް ވެގެން ރިސަލްޓް ނެރެވޭނީ. މިސާލަކަށް މާޒިޔާ ދީފިއްޔާ ތުނބުންފުމެލާފަ ދިވެހި ކޮންމެ ކޯޗަކު ވެސް ތަށި ނަގާނެ. އެއީ އެއޮތީ ނެޝަނަލް ޓީމުގެ 11 މީހުން ކަންނޭނގެ. އެހެންވީމަ އެ ލެވަލްގެ ޓީމަކާ މިއާ ވަރަށް ތަފާތުވާނެ. އެހެންވީމަ މިދޭތި މިނެގެން ނުވާނެ އެގޮތަށް. ހަމަ ތައުރީފު ހައްގު ކުޅުމެއް ޔޫވީގެ ކުޅުންތެރިންގެ ފަރާތުން ހަމަ ފެނުނީ” ނަޒީހު ބުންޏެވެ.
ގޭމް ވީކް 13 ގައި މާޒިޔާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޔޫވީ ބަލިވިއިރު، ލީގު ތާވަލުގައި ޔޫވީ އޮތީ 13 މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ކުޅުނު 13 މެޗުގެ ތެރެއިން 10 މެޗުން ޔޫވީ ބަލިވިއިރު އެއް މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ މޮޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
