
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޓަނޭޝަނަލް ބްރޭކަށްފަހު ދިވެހި ލީގުގެ ކުޅުން އަލުން ފެށިއިރު އަމާޒަކަށް ކަނޑައެޅީ އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗެއް ކާމިޔާބުކުރުން ކަމަށާއި ކުރިއަށް އޮތް މާޒިޔާ މެޗަށް ވެސް ނުކުންނާނީ އެ ވިސްނުމުގައިކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ. ލީގުގައި ވެލެންސިއާ ގުޅެ 1-1 އިން އެއްވަރުވި މެޗަށްފަހު “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ލަތީފް ބުނީ، ވެލެންސިއާ އާ ދެކޮޅަށް ނުކުތް މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ގަބޫލުކުރި މެޗެއް ކަމަށާއި، އެހެންނަމަވެސް ފުޓުބޯޅައިގައި މިފަދަ ހާލަތްތައް ދިމާވާނެކަން ގަބޫލުކުރާ ކަމަށެވެ. މިފަދަ މުބާރާތެއްގައި ކުޅޭއިރު މެޗުގެ ކުރީކޮޅުގައި ލަނޑެއް ޖެހުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ވެލެންސިއާ ފަދަ ޓީމަކާ ކުޅޭއިރުގައި ލަނޑެއް ނުޖެހިދާ ކޮންމެ ވަގުތަކީ އެ ޓީމުން އޭގެ އެޑްވާންޓޭޖް ނަގާނެ ކަމެއްކަން ދަންނަން ޖެހޭނެކަމަށް ލަތީފް ބުންޏެވެ.
ޓީމުގެ ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ލަތީފް ބުނީ، ލިބުނު ފުރުސަތުތަކުގެ ބޭނުން ވިކްޓްރީގެ ކުޅުންތެރިންނަށް މެޗުގައި ނުހިފުނު ކަމަށާއި ވަރަށް ގިނަ މިސް ޕާސްތަކެއް ފެނިގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އެވްރެޖް ގޮތެއްގައި މުޅި މެޗުގެ ކުޅުމަށް ބަލާއިރު ރަނގަޅުކަމަށް އޭނާ ބުންޏެވެ. ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލާނީ މިފަދަ ގޯސްތައް ރަނގަޅުކޮށްގެން ކަމަށް ވެސް ލަތީފް ބުންޏެވެ. ލީގުގައި ކުރިއަށް ވިކްޓްރީއަށް ދެން އޮތީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ލަތީފް ބުނީ، މާޒިޔާ ކަހަލަ ޓީމަކާ ދެވަނަ މެޗެއް ކުޅެން ލިބުން އެއީ މުޅި ޓީމުން ވެސް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.
”މާޒިޔާއާ އެއްކޮށް ލީގުގައި ދެވަނަ މެޗަށް މިދަނީ. މާޒިޔާ ވަރުގެ ޓީމަކާ ލީގުގެ ދެވަނަ މެޗު ކުޅެން ލިބުނީމާ އެއީ އުފަލެއް. ޓީމު ވަރަށް ބޭނުންވެފައި އޮތްކަމެއް އެއީ މާޒިޔާއާ އެއްކޮށް ކުޅެން. އަސްލު އެ ޓީމު މިހާރު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އެހެންވީމަ މާޒިޔާ މެޗަށް ދާއިރު ޓީމު ހަމަ 100 ޕަސެންޓާ އެއްކޮށް ނިކުންނާނީ ހަމަ. އިރާދަކުރެއްވިއްޔާ ޕޮއިންޓަކާއެކު ނިންމާލާނީ. ޕޮއިންޓެއް ލިބޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް” މާޒިޔާ މެޗަށް ވިކްޓްރީ އިންތިޒާރުކުރާކަމާއި ތައްޔާރުވަމުންދާކަން ހާމަކޮށް އަދި ނެރެން ބޭނުންވާ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަމުން ލަތީފް ބުންޏެވެ.
ވިކްޓްރީން ލީގުގައި ދައްކަމުން އަންނަ ކުޅުމާމެދު ހިތްހަމަޖެހޭކަމަށް ވެލެންސިއާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ލަތީފް ބުނިއިރު، ލީގު ތާވަލުގައި ވިކްޓްރީ މިހާރު އޮތީ 13 މެޗުން 20 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ވެލެންސިއާ އޮތީ 8 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 9 ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 13 މެޗުން 37 ޕޮއިންޓާއެކުއެވެ. މިހާތަނަށް އައިއިރު މާޒިޔާ އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، ޓީސީ އަތުން އެއްވަރުވި މެޗު ފިޔަވާ އެހެން ހުރިހާ މެޗަކުން މާޒިޔާ ވަނީ މޮޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
