
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ފެށި މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ މެޗްވީކް 13 ނިމި، ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތްއިރު، މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. މާޒިޔާއިން މި 13 މެޗު ނިންމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. މި 13 މެޗުން މާޒިޔާ މޮޅުނު ވަނީ ހަމައެކަނި މިދިޔަ މަހު 18 ވަނަ ދުވަހު ޓީސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މާޒިޔާ އެއްވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ.
ލީގު ތާވަލުގައި މިވަގުތު ދެވަނައިގައި އޮތީ މިފަހަރުގެ ލީގުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޮޑި ސްޕޯޓްސް ކުލަބެވެ. އޮޑިއަށް 13 މެޗުން 29 ޕޮއިންޓު ލިބިފައިވެއެވެ. މާޒިޔާއާއި އޮޑިއާ ދެމެދު އޮތީ އަށް ޕޮއިންޓުގެ ފަރަގެކެވެ. ސަސްޕެންޝަނާ ގުޅިގެން ފުރަތަމަ ޑިވިޝަނުން ފުރުސަތު ގެއްލި، މި ސީޒަނުގައި އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅެންފެށި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ނިއުއަށް 13 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ލީގު ތާވަލުގެ ހަތަރުވަނައިގައި 23 ޕޮއިންޓާއެކު ބުރު ސްޕޯޓްސް ކުލަބު އޮތްއިރު 20 ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ މި ސީޒަނުގައި އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. ކުލަބް އީގަލްސް އިން 19 ޕޮއިންޓާއެކު ހަވަނައިގައި އޮތްއިރު ހަތްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ. އަށްވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ޕޮއިންޓާއެކު އޮތްއިރު ނުވަވަނައިގައި އޮތް ކްލަބް ވެލެންސިއާއަށް ވެސް އަށް ޕޮއިންޓު ލިބިފައިވެއެވެ.
ތާވަލުގެ ފުލުގައި، 13 މެޗުގެ ތެރެއިން 10 މެޗުން ބަލިވެ، ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް ޕޮއިންޓާއެކުއެވެ. ތާވަލު މިހާރު އޮތްގޮތަށް ސީޒަން ނިމިއްޖެނަމަ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނީ ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ވެލެންސިއާއެވެ. އަދި ގްރީންއާއި ޓީސީ ޖެހޭނީ ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
