
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ހިޔުމަން ރައިޓްސް ކޮމިޝަނުން އާންމުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ އައު ބާބެއް ފެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އެދިވަޑައިގެންފިއެވެ. ނާޡިމް މިކަމަށް އެދިވަޑައިގެންނެވީ އެޗްއާރުސީއެމްގެ ދައުރާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވީ ހިޔުމަންރައިޓްސް ކޮމިޝަނަކީ އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް ކޮންމެހެން އުފައްދަންޖެހިގެން އުފެއްދި މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ އުފެއްދީ ބައިނަލްއަގުވާމީ މިންގަނޑުތަކާއެއްގޮތަށް ރާއްޖޭގެ އިންސާނީ ޙައްގުތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި އެޗްއާރުސީއެމް ހިންގަން ވާނީ މިނިވަންކަމާއި މުސަތަގިއްލު ކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
އެޗްއާރުސީއެމަށް މެންބަރުން އައްޔަން ކުރަނީ ކޮންމެ 5 އަހަރަކުން އެއްފަހަރުކަން ފާހަގަކުރައްވައި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކަށްވެސް އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އެއްވެސް މެންބަރެއްގެ ކިބައިގައި ސިޔާސީ ކުލަ ޖެހިގެން ނުވާނެ ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދޮގު މައުލޫމާތު ފެތުރުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އެޗްއާރުސީއެމްގެ ދައުރު މުހިންމު ކަމަށްވެސް ނާޡިމް ފާހަގަކުރެއްވިއެވެ. އެގޮތުން، މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުން، ހައްޔަރު ކުރި އިރު ހުރި ސިއްޙީ ހާލަތާއި އެ މީހުންގެ ސިއްޙަތާ ގުޅޭގޮތުން ހައްޔަރު ކުރުމަށްފަހު ފެތުރޭ ޚަބަރުތަކާ ގުޅޭ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމުގައި އެޗްއާރުސީއެމުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި މަޖިލީހުގެ ފަރާތުން އަލަށް އައްޔަން ކުރެއްވި މެންބަރުންނާއި ހިޔުމަންރައިޓްސް ކޮމިޝަންގެ ފަރާތުން އަޅުގަނޑު އެދެނީ އައު ބާބެއް ފައްޓަވައިދެއްވުމަށް. ތެދު މައުލޫމާތުރައްޔިތުންނަށް ހާމަކޮށްދިނުމުގައި ތަންކޮޅެއް އިސް ދައުރެއް އަދާކުރުމަށް،” ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާނަށްވާއިރު އެޗްއާރުސީއެމްގެ މަސައްކަތްތައް ފުރިހަމައަށް ވަގުތުން ވަގުތަށް ކުރެވިގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ. އަދި މުޒާހަރާތައް އޮބްޒާވްކުރުމުގައި ކޮމިޝަންގެ މެންބަރުން ހައިސިއްޔަތު އެނގޭގޮތަށް ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
