
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި ހަރަކާތްތެރިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މުހިންމު، ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކުޅިވަރާ މެދު ގެންގުޅޭ ތަސައްވުރަކީ، ކުޅިވަރުތަކާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ތަމްރީނުތައް ދިނުންކަމުގައި ފާޙަގަކޮށް “ޕީއެސްއެމް ނިއުސް” ގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައްތާރު ވަނީ، މި މަގުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ވުޒާރާއާއި އެމްއޯސީއާ ދެމެދު މިހާރު ވަރަށް ގާތް، ބަދަހި ގުޅުމެއް އޮންނަ ކަމަށާއި، ދެ ފަރާތުން ވެސް މަސައްކަތްކުރަމުންދަނީ އެއް ލަނޑުދަނޑިއެއް ޙާސިލްކުރުމުގެ އަޒުމުގައި ކަމަށެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ މެނޭޖްމަންޓް ހަރުދަނާކޮށް، ރަނގަޅުކުރުމަކީ ރާއްޖޭގެ ކުޅިވަރު މަތީ ހަރުފަތަކަށް ގެންދިއުމުގައި މުހިންމު ހިއްސާއެއްކަމަށް ދެކިގެން އެމްއޯސީއާއި ކުޅިވަރު ވުޒާރާއިން އަދި ހުރިހާ އެސޯސިއޭޝަންތަކުން ވެސް މަސައްކަތްކުރަމުންދާކަން ސައްތާރު ފާހަގަކުރެއްވިއެވެ.
“އެއަށް އަޅުގަނޑުމެންނަށް ވޯކް ކުރެވިފައި ހުރީ. ބައެއް ކޯސްތައް ވެސް ހިންގައިފިން. އޭގެތެރޭގައި އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގޮސްގެން ވެސް މެނޭޖްމަންޓް ބޭފުޅުން ފުރިހަމަކުރަންޖެހޭ ތަމްރީނުތަކާ ކަންކަން އެބަކުރިއަށް ގެންދޭ. މިސާލަކަށް އެސޯސިއޭޝަންތަކުގެ ބަޖެޓް ބެލެހެއްޓުމާއި ގެންގުޅެންޖެހޭ ކަންތައްތަކާ ގުޅޭ ވޯކްޝޮޕްތައް ވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން” ސައްތާރު ވިދާޅުވިއެވެ. އެހެންކަމުން، އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެމްއޯސީ އާއި ކުޅިވަރު ވުޒާރާއިން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭކަމަށް ގަބޫލުކުރައްވާކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ. މިގޮތަށް މިކަން ނުކުރާނަމަ އެތުލީޓުންގެ ޑިވެލޮޕްމަންޓަށް ވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ސައްތާރު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ފެންނާނީ ހިންގުމުގެ ނިޒާމް ހަރުދަނާ، ހިންގުންތެރި، ޤާބިލް މެނޭޖްމަންޓުތަކެއް އޮތް އެސޯސިއޭޝަންތަކެއްގެ ގޮތުގައެވެ. ޙާއްސަ ގޮތެއްގައި މިހާރަށްވުރެ މާ ރަނގަޅަށް ކުރިއަށް އޮތްތަނުގައި އެސޯސިއޭޝަންތަކުގެ ބަޖެޓު ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާތަން ފެންނާނެކަމަށް ސައްތާރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
