
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ހއ. ދިއްދޫގެ އެއަރޕޯޓާއިއެކު އެރަށުގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ ދިއްދޫ އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ އެކުންފުނިން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާ ގޮތުގެ ބައެއް ތަފްޞީލުތައް ހިއްސާކުރައްވާފައެވެ.
އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އާއެކު ރަށުގެ އިގުތިސާދު ކުރިއަރައިގެންދާނެކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ޝަރީފު ވަނީ ދިއްދޫގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ޝަރީފު ވިދާޅުވީ ހއ. ދިއްދޫގެ ބިން ހިއްކަން ފެށުމަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވާނެ އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވެގެންދިއުން ކަމަށެވެ. އެމްއޭސީއެލްއަށް އިތުބާރު ކުރައްވައި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އޭނާ ވިދާޅުވީ, މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ “ލީވް އެރިކްސަން” އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަމަށެވެ.
“އެމްއޭސީއެލްގެ ފަރާތުން ރާއްޖޭގެ މައި އެއަރޕޯޓާއި، ހަނިމާދޫ އެއަރޕޯޓާއި އަދި ތަފާތު އެއަރޕޯޓްތައް ހިންގަމުން އެބަ ގެންދަން. އަދި މީގެ އިތުރުން ސަރުކާރުން އެމްއޭސީއެލްއަށް ހަވާލުކުރާ ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވަން. އެގޮތުން މިހާރުވެސް އެއް ވަގުތެއްގައި 3 ސަރަހައްދެއްގައި ޑްރެޖިންގެ ބޮޑު 3 މަސައްކަތް އެބަ ކުރަން. އަޅުގަނޑުމެން ތި ހުރިހައި ބޭފުޅުންނަށްވެސް ދޭނެ ޔަޤީންކަމަކީ އަޅުގަނޑުމެން ތިބޭފުޅުންނަށް ދަންނަވާ ތާރީހަށް ޝެޑިއުލަށް އަޅުގަނޑުމެން މަސައްކަތް އިރާދަކުރެއްވިއްޔާ ނިންމާލާނަން” އެމްއޭސީއެލްގެ އެމްޑީ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 115 ހެކްޓަރުގެ ބިން ދިއްދޫއަށް އިތުރުކުރެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއަރޕޯޓު ތަރައްޤީކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑުވެގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
