
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމުގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އެފްއޭއެމުގެ އިންތިހާބީ ކޮންގްރެސް އަށް ފަހު އެ ޖަމާއަތުގެ ކޮންގްރެސް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ކޮންގްރެސްގައި އޮންނާނީ އަހަރީ ބަޖެޓް ފާސް ކުރުމާއި އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފަދަ ތަކެތި ފާސް ކުރުމެވެ. އެފްއޭއެމުގެ މިހާރުގެ ރައީސަކީ އަހުމަދު ތޯރިގް (ޓޮމް) އެވެ. އޭނާ މިދިޔަ ޖޫން މަހު މަގާމާ ހަވާލުވުމަށްފަހު ދަނީ ފުޓްބޯޅައިގެ ހިންގުން ހަރުދަނާ ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މި ގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާއެކު ވަނީ ހަންގޭރީގެ އިސްޓަވާން އުރުބާނީ އަށް ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ކުރީގެ މެނޭޖްމަންޓުން އެފްއޭއެމުގެ ބިންތައް ވިއްކުމާއި އިމާރާތްތައް ކުއްޔަށް ދޫކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށްވުމުން އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ވެސް ވަނީ ނިންމާފަ އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
