
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާފަންނު ފުޓުބޯޅަ ދަނޑުގެ ބިމުގައި ފީފާއިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ އިމާރާތުގެ ބޭރުން، ގުދަން ހެދުމަށާއި އެހެނިހެން ބައެއް ކަންކަމަށް ބިން ދޫކޮށްފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނިންމުމެއް އަދި ފީފާގެ ހުއްދައެއް ވެސް ނެތިކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. އެފްއޭއެމްއިން ބުނެފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާއިން ހަރަދުކޮށްގެން ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމް އަށް ދޫކޮށްފައިވާ މާފަންނު ފުޓުބޯޅަ ދަނޑުގެ ބިމުގައ،ި ފީފާއިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ އިމާރާތުގެ ބޭރުން ގުދަން ހެދުމަށާއި އެކިކަންކަމަށް އެ ބިން ބޭނުންކުރުމަށް އެފްއޭއާއި ފީފާގެ ވެސް ހުއްދައެއް ނެތްއިރު، ކުޅިވަރާ ބެހޭ ވުޒާރާއިން ވެސް އެކަމަށް ހުއްދަދީފައި ނުވާކަމަށެވެ. އަދި އެ އެއްބަސްވުންތަކަށް އަމަލުނުކުރަން ނިންމާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.
މީގެ 9 އަހަރުކުރިން، 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު، ފީފާގެ ޚަރަދުގައި ސްޕޯޓްސް އެރީނާ އަކާއި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް އެފްއޭއެމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ދީފައި ވަނީ މާލޭގެ 378 ނަންބަރު ކޮށީގެ ބިމެވެ. އެ މަޝްރޫއުގެ ދަށުން އެތަނުގައި އޮފީހަކާއި 100 އެއްހާ ކުދިންނަށް ތިބެވޭ ގޮތަށް އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެއް އެޅުމާއި ދެ ވަނަ ފޭހުގައި އިތުރު ދަނޑުތައް އެޅުމަށް ޕްލޭންކުރިއެވެ.
މި ބިމާ ގުޅޭގޮތުން އެފްއޭއެމް އިން މީގެކުރިން އަމަލުކޮށްފައިވާ ގޮތާމެދު ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، ފުޓުބޯޅަ އާއިލާއިން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. އެފްއޭއެމްގެ މިހާރުގެ އެކްސްކޯއިން މި ނިންމި ނިންމުމަކީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ނިންމުމެއްކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
