
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ސަރުކާރުން ގެނެސްފައިވާ އިޤްތިޞާދީ ބަދަލުތަކާއެކު ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކމަށާއި، އިންވެސްޓްމަންޓްތަކަަށް ފުރުޞަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް މާލީ ކަންކަމާޢި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ހއ. ދިއްދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންދާ މަސައްކަތުގެ ފޮނިމީރުކަން މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން އިންވެސްޓަރުން ޝައުޤުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ރާއްޖޭގެ ބިން ހިންކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ސަރުކާރާއި ހިސާބަށް އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދާދި ފަހުން މާލެ ވިޔަފާރި ބަނދަރު ބަޔަކަށް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ނިންމެވުމެއް ރައްޔިތުންނަށް ފައިދާވާ ގޮތަށް މެނުވީ ނުނިންމަވާނެ ކަމަށެވެ. ވަޒީރު ވަނީ ވިޔަފާރި ބަނދުރު އަދި އެނޫންވެސް ތަނެއް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ. “ޕޯޓަށްވެސް އިންވެސްޓް ކުރަން ބޭނުން. އެއަރޕޯޓަށްވެސް އިންވެސްޓް ކުރަން ބޭނުން. ކޮންމެ ޕްރޮޕޯސަލްއެއް ލިބިލެއްވިއަށް ރައީސުލްޖުމްހޫރިއްޔާ އެއެއް ބައްލަވާނެ. ޢިލްމީ ބޭފުޅެއްވީމަ ލިބިވަޑައިގަންނަވާ ޕްރޮޕޯސްލްތަކާއި ވަޒީރުން ވިދާޅުވާ ވާހަކަތަކަށް ވަރަށް ބޮޑަށް ބައްލަވާފައި ޑިސިޝަން ނަންގަވަނީ. މިއިން އެއްވެސް ވާހަކަ އަކީ ހަޤީޤަތެއް ހުރި ވާހަކައެއް ނޫން” މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކަންކަން ނިންމަވަނީ ރައްޔިތުންނަަށް އެންމެ ފައިދާވާނެ ގޮތެއް ބައްލަވާފައި ކަމަށް ވިދާޅުވިއެވެ. އެގޮތުން ތަރައްޤީގެ އެކި މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވަނީ އެ މަގުން ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތައް ހިންގާފއިވަނީ އެއްވެސް ރޭވުންތެރިކަމެއް ނުވަތަ އެތަންތަން ހިންގުމަށް އެއްވެސް ދެމެހެއްޓެނިވި ވިސްނުމެއް ނެތި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރިއަށް ގެންދަވަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މީގެ ކުރިން ކަންކަން އެގޮތަށް ގޮސްފައި ވަމަކީ މިހާރު އެގޮތަށް މަސައްކަތް ދާނެ ސަބަބެއް ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ބަޔަކާ ހަވާލުކުރަނީ އެކަން ކުރެވޭނެ ބައެއްކަން ޔަޤީންވެވަޑައިގަންނަވައިގެންކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
