
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
ސަރުކާރުން މިހާރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެ މަސައްކަތްތައް ހިންގޭނެ ފަދަ ފަންނީ އަދި މާލީ ޤާބިލުކަން ހުރި ކުންފުނިތަކާ ހަވާލުކުރައްވައިގެން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބައެއް މަޝްރޫޢުތަކަކީ އެންމެ ފައިދާހުރި ގޮތަށް ކުރިއަށްގެންގޮސްފައިވާ ކަންކަން ނޫން ކަމަށެވެ. އަދި ރާއްޖޭގައި މީގެ ކުރިން އެޅި ގިނަ އެއަރޕޯޓުތަކަކީވެސް އެއްވެސް ޕްލޭނެއް ނެތި، ހިންގޭނެ ގޮތެއް ނުބަލައި އަޅާފައިވާ ތަންތަން ކަމަށާއި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
“އަޅުގަނޑު ހަނދާންއެބަހުރީ 2014 ވަނަ އަހަރު އަޅުގަނޑު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވިއިރު އޭރު ގިނަ އެއަރޕޯޓުތައް ހިންގަމުންދިޔައީ ސިވިލް އޭޝިވޭޝަންގެ ދަށުން. ސަރުކާރުން ބަޖެޓު ދީގެން އެއަރޕޯޓުތައް ހިންގަމުން ދިޔައީ. ދެން ވަރަށް އުނދަގޫކޮށް އޮންނަނީ، އެތަން ހަލާކުވިޔަސް އެއްވެސް ކަމެއް ނުއެއް ކުރެވޭ” ވަޒީރު ޒަމީރު ވިދާޅުވިއެވެ. މާލީ ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މިހާރު މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ސަރުކާރުގެ އެސްއޯއީތަކުގެ ހުރި ފަންނީ އަދި މާލީ ޤާބިލުކަން ބޭނުންކުރައްވައިގެން ކަމަށެވެ. މިސާލެއްގެ ގޮތުން އެމްއޭސީއެލް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ކުންފުންޏަކީ މިހާރުވެސް ކާމިޔާބު މަޝްރޫޢުތަކެއް ހިންގާފައިވާ، އެކަމުގެ ޤާބިލުކަން ހުރި ކުންފުންޏެއް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައިގެން ރައީސް ޑރ. މުޢިއްޒު ކުރައްވާ ކަންކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް މިހާރު ނެތް ކަމަށެވެ. އަދި ރައީސަކީ ދުރު ވިސްނުންފުޅާއެކު، ކަންކަން ވަރަށް ޤާބިލުކަމާއެކު ކުރައްވާ ބޭފުޅެއް ކަމަށްވެސް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ. ސަރުކާރުން ދަނީ އެސްއޯއީތަކުގެ ގާބިލުކަން އިތުރުކުރުމަށް ތަފާތު އެކި މަސައްކަތްތައް މިހާރުވެސް ކުރަމުންނެވެ. މީގެ އިތުރުން، އަމިއްލަ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށް އެކުންފުނިތާކާއި ގުޅިގެންވެސް ތަފާތު އެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
