
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެމެރިކާއިން އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ. އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. ދެ ބޭފުޅުން ގެންގޮސްފައި ވަނީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. އަދި ޖަނަވަރީ މަހުގެ 5ވަނަ ދުވަހު މެންހަޓަންގައި ހުންނަ ފެޑެރަލް ކޯޓަކަށް މަދޫރޯގެ ދެކަނބަލުން ވަނީ ހާޒިރުކޮށްފައެވެ. އެމެރިކާއިން މަދޫރޯއާ ދެކޮޅަށް އުފުލާފައި ވަނީ ޑްރަގް ވިޔަފާރިކުރުމުގެ ދައުވާއަކާއި ޑްރަގް ވިޔަފާރި ބޭނުންކޮށްގެން ނިރުބަވެރިކަމަށް ހިތްވަރު ދިނުމުގެ ދައުވާއެއް ހިމެނޭ ގޮތަށް ތަފާތު ހަތަރު ދައުވާއެކެވެ. ކޯޓު އަޑުއެހުމުގައި އެ ދައުވާތަކަށް އިންކާރުކުރައްވައި މަދޫރޯ ވިދާޅުވީ އޭނާގެ ކުށެއް ނެތް ކަމަށެވެ. އަދި އޭނާއަކީ ހުލްޤު ހެޔޮ ބޭފުޅެއް ކަމަށާއި، ވެނެޒުއެލާގެ ރައީސްއަކީ އަދިވެސް އޭނާ ކަމަށް މަދޫރޯ ވިދާޅުވެފައިވެއެވެ.
މަދޫރޯގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އެ ކަމަނާ ވެސް ވަނީ އިންކާރުކުރައްވައިފައެވެ. ބައި ގަޑިއިރަށް ދެމިގެންދިޔަ އަޑުއެހުން ފެށުމުގެ ކުރިން ކޯޓުގެ ބޭރުގައި ގިނަ ޢަދަދެއްގެ މީހުން އެއްވެ އަޑުގަދަކުރަމުން ދިޔައެވެ. އޭގެ ތެރޭގައި މަދޫރޯއަށް ތާއީދު ކުރާ މީހުންނާއި އޭނާއާ ދެކޮޅު މީހުން ވެސް ހިމެނެއެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާރިޗު މަހުގެ 17ވަނަ ދުވަހަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
