
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކޮންމެ ޤައުމަކަށްވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށް ބުނެ، އެމެރިކާއިން ވެނެޒުއެލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުން ޗައިނާއިން ކުށްވެރިކޮށްފިއެވެ. ޑިސެމްބަރު 2ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައި، ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު، މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް ބެލެވެއެވެ.
އދގެ ސަލާމަތީ މަޖިލީހުގެ ރުހުން ނުހޯދައި، އެއްވެސް ޤައުމަކުން އެހެން ޤައުމަކަށް އަރައި އަސްކަރީ ޙަރަކާތްތައް ހިންގުމާ ދެކޮޅަށް ޗައިނާއިން އަބަދުވެސް ވަކާލާތުކުރެއެވެ. ޕާކިސްތާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި، ވެނެޒުއެލާގައި ހިނގި ކަންކަމަށް އިޝާރާތް ކުރައްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ ވިދާޅުވީ، އެއްވެސް ޤައުމަކުން މުޅި ދުނިޔޭގެ ފަނޑިޔާރެއްގެ ހައިސިއްޔަތު އަމިއްލައަށް ނަގައިގެން އުޅުމަކީ ޗައިނާއިން ޤަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. މިގޮތުން، ހުރިހާ ޤައުމަކަށް ވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވެސް ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ހުރިހާ ޤައުމަކުން ވެސް ބޯލެނބުމަށް ގޮވާލައްވައިފައެވެ. އަދި އެކަމުގައި ބޮޑެތި އަދި ބާރުގަދަ ޤައުމުތަކުން މިސާލު ދައްކަންޖެހޭ ކަމަށް ވެސް ޝީ ވިދާޅުވެފައިވެއެވެ. ވެނެޒުއެލާގެ މައްސަލައިގައި، ކޮލޮމްބިއާއިން އިސްވެ، ޗައިނާ އަދި ރަޝިއާގެ ތާޢީދާއެކު ވަނީ އދގެ ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
