
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއެލާއަށް އަރައި، ދިން ޙަމަލާތަކުގައި ކިއުބާގެ 32 ރައްޔިތުން މަރުވެފައިވާކަމަށް ކިއުބާގެ ސަރުކާރުން ބުނެފިއެވެ. އެކަމުގެ މާބޮޑު ތަފްޞީލެއް ދީފައިނުވިނަމަވެސް، އެމެރިކާއިން ދިން ޙަމަލާތަކުގައި މަރުވެފައިވަނީ ކިއުބާގެ އަސްކަރިއްޔާ އަދި ޖާސޫސީ އިދާރާގެ މީހުން ކަމަށް ކިއުބާ ސަރުކާރުން ބުންޏެވެ. “ޤައުމީ ބަޠަލުން” މަރުވުމުގެ ހިތާމަ ޤައުމީ ފެންވަރުގައި ޖެނުއަރީ 5 އަދި 6ވަނަ ދުވަހު ފާހަގަކުރުމަށް ކިއުބާ ސަރުކާރުން ވަނީ ނިންމައިފައެވެ.
ވެނެޒުއެލާގެ ވެރިކަމާ މަދޫރޯ ޙަވާލުވެވަޑައިގެންނެވުމަށްފަހު، މަދޫރޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކިއުބާގެ އަސްކަރިއްޔާގެ ސިފައިން ވެނެޒުއެލާގައި ޙަރަކާތްތެރިވެއެވެ. ނަމަވެސް، އެކަމުގައި ޙަރަކާތްތެރިވަނީ ކިހާ ޢަދަދެއްގެ ސިފައިންކަމެއް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. މަދޫރޯ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. ވެނެޒުއެލާގެ ސަރުކާރުން ބުނީ އެ ޤައުމުގެ ރައީސް އެމެރިކާއިން ވަގަށް ނަގާފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
