
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާގެ ސަރުކާރުން އެއްބާރުލުން ނުދޭ ނަމަ އެމެރިކާއިން އެ ޤައުމަށް އަނެއްކާވެސް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ޤައުމުން ބޭރަށް ގެންގޮސްފައެވެ. އިންތިޤާލީ އިންތިޒާމުތައް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ވެނެޒުއެލާ “އިސްލާހު” ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އެ ޤައުމުގެ ސަރުކާރުން އެއްބާރުކުން ނުދޭ ނަމަ އަލުން ޙަމަލާ ދޭނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ ލެޓިން އެމެރިކާގެ ބައެއް އެހެން ޤައުމުތަކުން ވެސް އެ ފަދަ ފިޔަވަޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެ ގޮތުން ކޮލޮމްބިޔާއާއި މެކްސިކޯއިން އެމެރިކާއަށް އެތެރެވާ ޑްރަގްސްގެ ޢަދަދު މަދު ނުވާ ކަމަށް ވާނަމަ އެ ޤައުމުތަކާ ދެކޮޅަށް އެ ފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ވެނެޒުއެލާގައި އައު ސަރުކާރެއް ޤާއިމް ކުރުމަށް ވަގުތުން ވަގުތަށް އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ވެނެޒުއެލާގެ ސަރުކާރާއެކު މަސައްކަތްކޮށް ޑްރަގް މައްސަލައަށް ޙައްލެއް ހޯދައި އެ ޤައުމުގެ ތެލުގެ ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމަށެވެ. މަދޫރޯ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. ވެނެޒުއެލާގެ ސަރުކާރުން ބުނީ އެ ޤައުމުގެ ރައީސް އެމެރިކާއިން ވަގަށް ނަގާފައިވާ ކަމަށެވެ. ވެނެޒުއެލާގެ އަސްކަރިއްޔާއިން ބުނީ އެ ހާދިޘާގައި ގިނަ ޢަދަދެއްގެ ސިފައިންނާއި ޢާންމުން ވެސް މަރުވެފައިވާ ކަމަށެވެ. އަދި ޤައުމުގެ އިސްތިގުލާލު ރައްކާތެރި ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން މަސައްކަތް ކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
