
ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަޙްމަދު މުބީންގެ ބަދަލުގައި އެ މަގާމަށް، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އައްޔަނު ކޮއްފިއެެވެ. ދިވެހިރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް އިންތިޒާމްކޮށް ވިލަރެސްކުރުމަށްޓަކައި އެކުލަވާލި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަން އަކީ ޤައުމީ ޓީމާއި ވިކްޓްރީ ސްޕޯޓްސް ކުލަބަށް މީގެކުރިން ކޯޗުކަން ކޮށްދިން އަދި މިހާރު ނިއުރޭޑިއަންޓަށް އިރުޝާދުދެމުން އަންނަ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ. އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލް ލަތީފް މުހައްމަދެވެ.
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަން ޑައިމަންޑް ޖުބިލީ ކޮމިޓީން ނިންމާފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހާއި ޖޫން މަހުގެ ތެރޭގައި އިންވިޓޭޝަނަލް މުބާރާތްތަކެއް ބާއްވަން ވެސް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ފެބްރުއަރީ މަހު ބާއްވާ މުބާރާތަކީ 19 އަހަރުން ދަށަށް ޙާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާން ދައުވަތުދީފައިވަނީ މާލޭގެ ބައެއް ހައިސްކޫލްތަކަށެވެ. އެއީ ސީއެޗްއެސްއީ-މާލޭ، ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ ހައިސްކޫލަށެވެ. މީގެއިތުރުން ޖޫން މަހުގެ ތެރޭގައި ބާއްވަން ނިންމާފައި ވަނީ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާން ދައުވަތުދޭން ނިންމާފައި ވަނީ އަވަށްޓެރި ސްރީލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށެވެ.
މި މުބާރާތަށް އެކުލަވާލާ ޤައުމީ ސީނިއަރ ފިރިހެން ފުޓުބޯޅަ ޓީމަށް އިރުޝާދު ދިނުމަށް، މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ޤައުމީ ޓީމަށް ކޯޗުކަންކޮށްދީފައިވާ ހަންގޭރީގެ އިސްތަވާން އުރުބާނީ ވަނީ ހަމަޖައްސާފައެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ވެސް އެކުގައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
