
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
އެތުލީޓުންގެ ފޯރަމަކީ ކުޅުންތެރިންނަށް ލިބޭ ވަރުގަދަ ޕްލެޓްފޯމެއްކަމަށާއި މި ޕްލެޓްފޯމުގެ ސަބަބުން ކުޅުންތެރިންނަށް ހިތްވަރު ލިއްބައިދީ ތަޖުރިބާތައް ހިއްސާކުރުމަށް ބާރަކަށްވެގެންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ “އޯން ޔޮރ ސްޓޯރީ”ގެ ނަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީއީ)އިން އިންތިޒާކޮށްގެން ބޭއްވި 2 ވަނަ އެތުލީޓުންގެ ފޯރަމުގައި ބައިވެރިވެވަޑައިގެން ކުޅުންތެރިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ. ވަޒީރު ވިިދާޅުވެފަވަނީ މިފަދަ ހަރަކާތްތަކަކީ ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާ ކަމެއްކަމަށާއި މިއީ ކުޅުންތެރިންގެ ތަޖުރިބާތައް އެކަކު އަނެކަކާއި ހިއްސާކޮށް ތަޖުރިބާ ބަދަލުކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަމަށެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ހިތްވަރު ލިއްބައިދީ ކާމިޔާބަށް ގަދައަޅާ މަސައްކަތް ކުރުމަށް ބާރަކަށްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
“އޯން ޔުއަރ ސްޓޯރީ”ގެ ނަމުގައި އެމްއޯސީއިން ކުރިއަށް ގެންދިޔަ މި ފޯރަމުގައި 17 ކުޅިވަރަކުން 80 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެފަވެއެވެ. މި ފޯރަމުގެ އަމާޒަކީ އެތުލީޓުން ކުޅިވަރުގެ ސިޔާސަތުތަކާއި ގަވާއިދުތަކަށް ހާނުވާ، އެތުލީޓުންނަށް ބޭނުންވާނެ ދުޅަހެޔޮކަމާއި ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރުމެވެ. މި ފޯރަމުގެ ތެރެއިން ކުރިއަށް ދިޔަ ސެޝަންތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަނުގެ ތެރެއިން އެތުލީޓުންނަށްވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި މެޗަކަށް އެރުމުގެ ކުރިން ނަފްސާނީ ގޮތުން އެތުލީޓުން ތައްޔާރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީފައެވެ.
ހާސްވެ ކަންބޮޑުވާ ހާލަތްތަކުގައި އަމަލުކުރެވިދާނެ ގޮތްތައް ބުނެދީ އެކަމުގެ މައުލޫމާތުވަނީ ދެވިފައެވެ. މި ސެޝަނުގެ ތެރެއިން މުއާމަލާތްކުރުމުގެ ހުނަރުތައްވެސްވަނީ އެތުލީޓުންނަށް ބުނެދީފަވާއިރު، ކުޅިވަރުގެ ފިޒިކަލް ރީހެބިލިޓޭޝަންއަށްވެސް ވަކިން ސެޝަނެއް ކުރިއަށް ގެންގޮސްފަވެއެވެ. އެތުލީޓުންގެ ފޯރަމުގެ ތެރެއިން ކުޅުންތެރިންގެ ތަޖުރިބާތައް ބަދަލުކޮށް ހިއްސާކޮށްފަވާއިރު އެތުލީޓުންގެ ޚިޔާލާއި މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފަވެއެވެ. މި ފޯރަމް އެމްއޯސީއިން ކުރިއަށް ގެންދިއުމަށް ރާވާފަވަނީ ކޮންމެ ދެ އަހަރުން އެއް އަހަރެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
