
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު މުބާރާތުގެ ކުރިން ތަޖުރިބާތަކެއް ހޯދުމަށް މާދަމާ ޗައިނާއަށް ފުރުމަށް ހަމަޖެހިފަވާއިރު، އެ ދަތުރުގެ ތެރެއިން އެގައުމުގެ ޓީމުތަކާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ ގައުމީ ފުޓްސަލް ޓީމަށް ވަރަށް މުހިންމު މެޗުތަކެއްކަމަށް ފުޓްސަލް ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކިރޯވް ބުނެފިއެވެ. ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށް ދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު ބުނީ ޗައިނާގައި ކުރާ ކޭމްޕުގެ ތެރެއިން އެ ގައުމުގެ ތިން ޓީމަކާއި ދެމެދު އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް ރާވާފަވާކަމަށެވެ. މި ތިން މެޗަކީ ގައުމީ ޓީމުގެ ފެންވަރު ދެނެގަތުމަށް ވަރަށް މުހިންމު ތިން މެޗުކަމަށާއި އެމެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހު އިތުރަށް ޓީމު ބައްޓަންކުރަންވީގޮތް ދެނެގަނެވޭނެކަމަށް ޒަކިރޯވް ބުންޏެވެ.
“ޗައިނާގަ އަހަރުމެން އެކުވެރިކަމުގެ ތިން މެޗު ކުޅޭނެ. މި ތިން މެޗަކީ އަހަރުމެންނަށް ވަރަށް މުހިންމު ތިން މެޗު. މި މެޗުތަކުން އިނގިގެންދާނެ ޓީމުގެ ފެންވަރު” ކޯޗު ބުންޏެވެ. ކޯޗު ބުނީ މުބާރާތަށް ތައްޔާރުވުމުގައި ގައުމީ ފުޓްސަލް ޓީމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އައުޓްޑޯ ދަނޑެއްގައި ފަރިތަކުރަމުން އަންނައިރު މުބާރާތުގެ ކުޅުން އިންޑޯ ދަނޑެއްގައި އޮތުމަކީ ކުޅުންތެރިންނަށް ދަނޑަށް ހޭނެން ވަގުތު ނަގާނެކަމެއްކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް ކޯޗު ބުނެފައި ވަނީ މުބާރާތަށް ނުކުންނާނީ މޮޅުވުމުގެ ރޫހެއްގައިކަމަށާއި ގޮންޖެހުންތައް ގިރާކޮށް އަމާޒަކަށް ހަދާނީ މެޗުތައް ކާމިޔާބުކުރުންކަމަށެވެ،.
“ބައެއް ގައުމުތައް ވަރަށް ވަރުގަދަ. އެހެންނަމަވެސް އެ ގައުމުތަކާއި ދެކޮޅަށް އަހަރުމެން ނުކުންނާނީ މޮޅުވުމުގެ އަމާޒުގައި. ވަރަށް ހިތްވަރު ކުރާނެ މި ޓީމުން” ކޯޗު ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޖެނުއަރީ 14 އިން 26 އަށް ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު ޗައިނާއަށް ފުރާނީ މާދަމާއެވެ. 17 ކުޅުންތެރިން މި ކޭމްޕަށް ދިއުމަށްފަހު ޗައިނާގައި އިންޑޯއަށް ފަރިތަވުމަށް ކުޅުންތެރިން ހަދާ ތަމްރީނުތަކަށް ފަހު 14 އަށް ސްކޮޑު ތިރިކުރާނެއެވެ. މި ކޭމްޕަށްފަހު ކުޅުންތެރިން ޗައިނާއިން ސީދާ ދަތުރުކުރާނީ ތައިލޭންޑަށެވެ. ތައިލޭންޑްގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނާނީ 14 ޖެނުއަރީގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14-26 ޖެނުއަރީއަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގައެވެ.
ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ. އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
