
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު 22,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއީ މި އަހަރުގެ ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވި ފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހުގެ އިތުރުން، އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަހެވެ. މިއަދު ގާތްގަނޑަކަށް 11,035 ފަސިންޖަރުން ފުރައި، 11,107 ފަސިންޖަރުންނަށް އަންނާނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މިގޮތަށް ފަސިންޖަރުން ގިނަވުމުގެ ސަބަބަކީ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ފުރުމާއި، އަދި އާ އަހަރު ފާހަގަކުރުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް އައުމެވެ. އެއާޕޯޓުގައި މިއަދު ހިދުމަތް ދިނުމަށް އިތުރު މުވައްޒަފުން ޝިފްޓުތަކަށް ނެރެފައިވެ އެވެ. އެންމެ ބާރު ބޮޑުވާ ވަގުތަކީ ހެނދުނު 8 އިން މެންދުރު ފަހު 2 އާ ދެމެދަށް ވާއިރު، މިފަދަ ވަގުތުތަކުގައި ވައިޑްބޮޑީ އެއާކްރާފްޓްތައް ގިނަވެއްޖެނަމަ ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވެދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް އައީ ފެބުރުއަރީ 10، 2024 ގަ އެވެ. އެ ދުވަހު 11,200 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހެންކަމުން މިއަދަކީ އެއާޕޯޓަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަހަށް ވާނެ އެވެ. މިދިޔަ އަހަރު ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30 ގައެވެ. އެ ދުވަހު 10,300 މީހުންނަށް ހިދުމަތް ދެވުނުއިރު، މިއަދަކީ ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަހެވެ. މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,100 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
