.(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ބޮޑު ބައެއް ހިއްސާކުރަނީ ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް އައި ފަތުރުވެރިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން %58.7 އަކީ ވިލާތުގެ ފަތުރުވެރިންނެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 1.1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ވިލާތުގެ ޤައުމުތަކުންނެވެ. އެއީ، ރާއްޖެ އައި ފަތުރުވެރިންގެ %58.7 އެވެ.
ވިލާތުގެ ސަރަހައްދުތަކުގެ ތެރެއިން މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ސަރަހައްދުތައް:
* މެދުތެރޭ އަދި އިރުމަތީ ވިލާތުގެ ޤައުމުތަކުން: 427،788 ފަތުރުވެރިން
* ހުޅަނގު ވިލާތުގެ ޤައުމުތަކުން: 297،161 ފަތުރުވެރިން
* ދެކުނު ވިލާތުގެ ޤައުމުތަކުން: 223،871 ފަތުރުވެރިން
* އުތުރު ވިލާތުގެ ޤައުމުތަކުން: 217،021 ފަތުރުވެރިން
* އިރުމަތީ މެޑިޓަރޭނިއަން ވިލާތުގެ ޤައުމުތަކުން: 20،555 ފަތުރުވެރިން

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ވަކިވަކި ޤައުމުތަކަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:
* ރަޝިއާ: 253،835 ފަތުރުވެރިން
* އިނގިރޭސިވިލާތް: 181،301 ފަތުރުވެރިން
* ޖަރުމަނުވިލާތް: 152،739 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ %10.6 އިތުރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
