
ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގާތްގަނޑަކަށް ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ވާދަވެރި ކުލަބު ފުޓްބޯޅަ ކުޅެން ނުކުމެއްޖެ އެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ދިރާގު ދިވެހި ލީގުގައި މިހާރު އުމުރުން 40 އަހަރުގެ ފޯވަޑް ކުޅެން ނުކުތީ ބުރު ސްޕޯޓްސް ކުލަބާ އަތުން 3-0 އިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވި މެޗުގައި އެ ކުލަބުގެ ނޫ ޖާޒީގަ އެވެ.
ކުރިން ވެސް ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅުނު އެ ކުލަބުގެ ކުރީގެ ކެޕްޓަން ރޭ ކުޅެން ނުކުތީ މެޗުގެ ފަހު 10 މިނިޓަށެވެ. އޭނާ ކުޅެން ނުކުތުމާއެކު ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކެޕްޓަން ބޭންޑް ވެސް ދަގަނޑޭ އަތަށް ހެޔޮވަރުކޮށްދިނެވެ.

ވާދަވެރި މެޗެއްގައި ކުލަބު ފެންވަރުގައި ދަގަނޑޭ އެންމެ ފަހުން ފެނުނީ 2023 ވަނަ އަހަރު އޭނާގެ ގޭ ދޮށު ކުލަބު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިންނެވެ. އެ ސީޒަނުގައި އޭނާ އަށް އަނިޔާވީ 20 އޭޕްރީލްގައި އީގަލްސްއާ ދެކޮޅަށް ކުޅެނިކޮށެވެ. އެއަށްފަހު ކުލަބު ފުޓްބޯޅައިން ނުފެނި ރޭގެ މެޗަށް ނުކުތީ 982 ދުވަސް ފަހުންނެވެ.
އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ އަށް ފަހަކަށް އައިސް ސީޒަނެއް ފުރިހަމަ ކުރެވުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ވެލެންސިއާގެ ކެޕްޓަންކަން ކުރުމަށްފަހު އޭނާ ކުޅުމާ ވަކިވީ ޖެހިގެން އައި ސީޒަނުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވުމުންނެވެ. ރަސްމީކޮށް އޭނާ ކުޅުމާ ދުރުގައި ހުންނަން ފެށީ 2022 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ ޓީމާއެކު ފައިނަލް މެޗުގައި ހަރަކާތްތެރިވުމަށްފަހު އެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާ ވަނީ އޭނާގެ ރަންޒަމާނުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. މި ގޮތުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ރެކޯޑް އަދަދަކަށް ހޯދި ހަމައެކަނި ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ރާއްޖެ އަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޓީމުގައި މޮޅަށް ކުޅެ 2008ގެ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ދަގަނޑޭ މިހާރު ގުނަމުދަނީ އޭނާގެ ކެރިއަރުގެ ފަހު ދުވަސްތައް ކަމަށް ބެލެވެ އެވެ. މުޅި ދުނިޔޭގައި އުމުރުން 40 އަހަރުން ދޮށީ އުމުރުގައި މަދު ކުޅުންތެރިއަކަށް މެނުވީ ކެރިއަރު ކުރިއަށް ނުގެންދެވެ އެވެ. އަމުދުން ރާއްޖޭގައި މިއީ ވަރަށް ނުވާކަމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
