
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މެޗުން ނިއު މޮޅުވީ 3-0 ލަނޑުންނެވެ. މި ނަތީޖާ އެކު ނިއު އަށް 12 މެޗުން ލިބުނީ 23 ޕޮއިންޓެވެ. ބުރު ހަތަރުވަނައަށް ވެއްޓުނު އިރު އެޓީމަށް ލިބެނީ 20 ޕޮއިންޓެވެ. މިމެޗުގައި ނިއުގެ ޓީމުން ބަދަލުތަކެއް ފެނިގެންދިޔައިރު ފުރަތަމަ ޓީމުގައި ހިމެނިގެން ކީޕަރު އަހުމަދު ސަމީރު ވަނީ މެޗު ފުރިހަމަ ކޮއްފައެވެ. ސަމީރަކީ އެންމެ ފަހުން ނައިންޓީ ޕްލަސް ގޯލްޑްކަޕުގައި ކ.ގުރައިދޫ ޓީމުގެ ގޯލު ބެލެހެއްޓި ކީޕަރެވެ.
މެޗުގެ އެންމެ މުހިންމު ބަދަލަކަށް ފެނިގެން ދިޔައީ ދެވަނަ ހާފުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު ކުޅެން ނުކުތުމެވެ. ދެ އަހަރު ފަހުން އަޝްފާގް ކުޅެން ނުކުތް އިރު އޭނާ އެންމެ ފަހުން ލީގުގައި ކުޅުނީ 2023 ވަނަ އަހަރުއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެ އަހަރާއި އަށްމަހާއި އަށް ދުވަސް ފަހުން އަޝްފާގު އެނބުރި އައީ ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަން ކޮށް ފަރުވާ ހޯދުމަށްފަހުއެވެ. މެޗުގައި ނިއުގެ ފޯވާޑް ލައިނާ އަލަށް ގުޅުނު ނައިޖީރިއާ ގެ އަލް ހާޖީ ގެރޫ ވަނީ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ނުރައްކާ ތެރި ހަމަލާ ދިޔައީ ނިއުގެ ހާޖީ ބޮލުން ޖައްސާލުމުން މުހައްމަދު ނިޒާމް ބޮލުގަ ޖެހިފަ ކީޕަރަށެވެ. 10 ވަނަ މިނިޓުގައި ބުރުގެ ކެޕްޓަން އަލީ ހަމްދާން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ނިއު އިން މެޗުގެ ލީޑުނެގީ 25 ވަނަ މިނިޓުގައި އޭރިއާ ތެރެއިން އަލީ ފާސީރު ޖައްސާލި ބޯޅައެއް އަރިމަތިން ހުސްކޮށް ހުރި ރާއިފް ގޯލަށް ވައްދައިލައިގެން ކާމިޔާބު ކުރި ލަނޑުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުގެ ލަނޑަށްފަހު ބުރުގެ ނާއިމް އަށް ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނަ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ދަނޑިމަތިންނެވެ. 40 ވަނަ މިނިޓުގައި ބުރުގެ ހަޑްސަން ޑިއަސް ފޮނުވާލި ހަމަލާއެއް ކީޕަރު ސަމީރު ވަނީ މަތަކޮއްފައެވެ. ނިއުގެ ދެވަނަ ލަނޑު ފާސިރު ކާމިޔާބު ކުރީ މެޗުގެ 53 ވަނަ މިނިޓުގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލައިގެންނެވެ. ތިންވަނަ ލަނޑު ފާސިރު ޖެހީ 58 ވަނަ މިނިޓުގައި އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލާ ގޯލުގެ ކަނަށް ވައްދަލައިގެންނެވެ.
މެޗުގެ އިތުރު ވަގުތުތެރޭގައި ބުރުގެ އަލީ އަޝްފާގަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މެޗާ އެކު ލީގުގެ 12 ހަފްތާގެ ކުޅުން ނިމުނު އިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއްވަނައިގަ އޮތީ 34 ޕޮއިންޓާއެކުއެވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނައިގަ އޮތީ 28 ޕޮއިންޓާއެކުއެވެ. މި ހަފްތާގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ވިކްޓަރީ ސްޕޯޓްސް ކުލަބު ފަސްވަނައިގަ އޮތީ 19 ޕޮއިންޓާއެކުއެވެ. އީގަލްސް ހަވަނައިގަ އޮތީ 16 ޕޮއިންޓާއެކު އެވެ. ޓީސީ މޮޅުވެ ހޯދި 9 ޕޮއންޓާ އެކު އެޓީމުން 7 ވަނަ އަށް ކުރިއަށް ޖެހިލިއިރު ކުލަބު ގްރީން ސްޓްރީޓްސް 8 ވަނާއިގަ އޮތީ 8 ޕޮއިންޓާއެކުއެވެ.
ތާވަލުގެ ފުލުގައި އޮތް ދެޓީމަކީ ޔުނައިޓެޑް ވިކްޓަރީ އާއި ކުލަބު ވެލެންސިއާ އެވެ. ދެޓީމަށް ވެސް 12 މެޗުން ލިބިފަވަނީ 7 ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
