
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި އަނެއްކާވެސް ފުޓުބޯޅަ ކޮޅަށް ޖެހުމުގައި ކުރަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވާ ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގެ ފުޓުބޯޅައިން ފެންނަނީ އެންމެން އެކުގައި ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި އަންހެން ފުޓްބޯޅައިންވެސް ފޯރި ފެންނަން ފަށައިފި ކަމަށެވެ. ”އަޅުގަނޑު ދަންނަވާނީ އެންމެން ގުޅިގެން ބޮޑު ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ނަތީޖާއޭ ފެނިގެން މިދަނީ. 2014، 2015 ހިސާބުގައި ދެ ލީގެއް ބޭއްވުނު
މިއަށްވުރެ މަދު ޓީމު، މި ފަހަރު އެއަށްވުރެ ގިނަ ޓިމުން ވަރަށް ފޯރިއާއެކު މިފަހަރު މިދިޔައީ“ ވަޒީރު ވިދާޅުވިއެެވެ.
ފާއިތުވި ހަފްތާގައި ނިމުނު އަންހެން ފުޓުބޯޅަ ލީގުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށްފަހު އެމެޗަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ އުފާވެރި މަންޒަރެއް ކަމަށާއި އަންހެން ފުޓުބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. ”ވަރަށް ކާމިޔާބު އަންހެން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތް. ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުން އެބަދޭ“ ވަޒީރު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ރަނގަޅު ބޮޑު ފުޓްބޯޅަ މުބާރާތެއް ނުބޭއްވި 7 ވަރަކަށް އަހަރުފަހުން ދިވެހި ލީގާއި، އަންހެން ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުނު ކަމީ ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ހާލަތު އެހާ ދަށްވެފަ އޮއްވާ ނޯމަލައިޒިން ކޮމިޓީއެއް އުފެދި އެ ކޮމިޓީގެ އެހީގައި މަސައްކަތް ކުރެވި އިންތިހާބު ބޭއްވި ހިންގާ ޤަވާއިދު ބަދަލުވެ، މި ހުރިހާ ކަމެއްވެސް ކުރެވިގެން މިދިޔައީ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު މިވަނީ، އެސޯސިއޭޝަން ނަގާ ކޮޅަށް ޖެހިފަ ކަމަށާއި އެސޯސިއޭޝަނުގެ މަސައްކަތާއިއެކު މިއަހަރު ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖޭގެ ޤައުމީ ޓިމުން ޗެމްޕިއަންކަން ހޯދުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
