
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަނީ ހަމައެކަނި މާލޭގައި ކަމަށާއި، އެހެންނަމަވެސް ބޭނުންވަނީ ރަނގަޅަށް އިންތިޒާމު ކޮށްގެން މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވައިގެން ކުޅިވަރު ކުރިއަރައިގެން ދިޔުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ރަށްރަށުގައިވެސް ވަރަށް ފޯރީގައި ޤައުމީ ފެންވަރުގައި މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ. ”ނޭޝަނަލް ލެވެލްއެއްގައި މިހާރުވެސް އެބަކުޅޭ ރަށްތަކުގައި އެހެންނަމަވެސް މި ބޭނުންވަނީ، ރަނގަޅަށް އޮގަނައިޒް ކުރެވިގެން އިންތިޒާމު ކުރެވިގެން މިހާ ހިސާބަށް އެ ކުޅިވަރު ގެންނަން“ ނައިބު ރައީސް ވިދާޅުވިއެވެ.
ފުޓުބޯޅައަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ، ފުޓުބޯޅަ މުބާރާތްތައްވެސް މުޅި ރާއްޖެއަށް ފަތުރާލަންޖެހޭ ކަމަށެވެ. އެގޮތުން މިހާރު އެފްއޭއެމުން ކުރާ މަސައްކަތް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، މިހާރު ކުރިޔަށްދާ ޒޯން މުބާރާތެކޭ އެއްގޮތަށް އަންހެން ފުޓްބޯޅައިގައި އެފޯރި ރަށްރަށުގައި ހިފިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ”އެފްއޭއެމުން މިހާރު ބައްޓަން ކުރަމުން އަންނަ ގޮތަށް ރާއްޖޭގެ އެކިއެކި ޒޯންތަކުގައި މުބާރާތްތައް ކުޅެގެން މާލެ އަންނަ ކަހަލަ ފޯމިއުލާއެއްގައި، ފޯމޭޝަނެއްގައި މިއޮތީ. އެކަން ތަންފީޒު ކުރަމުންދާއިރު އަންހެން ފުޓްބޯޅައިގައިވެސް އިރާދުކުރެއްވިއްޔާ ހަމަ އެފޯރި ރަށްތަކުގައި ހިފިގެންދާނެ “ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަމަހަމަކޮށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ހުރިހާ މުބާރާތެއްވެސް އަތޮޅު ތެރެއަށް ގެންގޮސް ހަމައެކަނި މާލޭގައި ކުޅޭ ކުޅުން ބަދަލު ކުރުމަށެވެ. މީގެ ކުރިން ދިވެހި ޕްރިމިއާ ލީގަކީ، ހަމައެކަނި މާލޭގެ ކުލަބުތަކަށް ބައިވެރިވެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅު ފުޓްބޯޅަ މުބާރާތްތަކުން ފުރޭނިގެން އައިސް ޒޯން ލީގު ކުޅުމަށްފަހު މުބާރާތް ކާމިޔާބު ކުރާ ޓީމާއި، ރަނަރަޕް ޓީމަށް މިހާރު ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓު ވެވޭ ގޮތަށް އެފްއޭއެމުން ވަނީ އުސޫލު ބަދަލުކޮށްފައެވެ. އެހެންކަމުން އަންނަ އަހަރު ދިވެހި ލީގު ފެށިގެންދާނީ، ޒޯން މުބާރާތުން ހޮވޭ ދެ ޓީމާއެކުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
